ކައުންސިލް މެމްބަރުކަމުން އެޑަމް އިސްތިއުފާ ދެއްވައިފި

ކައުންސިލް މެމްބަރުކަމުން އެޑަމް އިސްތިއުފާ ދެއްވައިފި

187854481 10159811928187642 3955882696233290930 N

ކައުންސިލް މެމްބަރުކަމުން އެޑަމް އިސްތިއުފާ ދެއްވައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ދަރަނބޫދޫ ކައުންސިލްގެ މެމްބަރުކަމުން އެކައުންސިލްގެ ޢަދާލަތު ޕާޓީގެ މެމްބަރު އާދަމް ޙަލީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މަޤާމުން އިސްތިއުފާ ދެއްވާ އާދަމް ފޮނުވި ސިޓީ ދަރަނބޫދޫ ކައުންސިލަށް ލިބިފައިވާކަމަށް އެކައުންސިލްގެ ރައީސް ޢަބްދުލް ޙަމީދު އާދަމްވަނީ ދަނިއުސްއަށް ކަށަވަރު ކޮށްދެއްވާފައެވެ. މި ސިޓީގައި އިސްތިއުފާ ދެއްވި ސަބަބެއް ބަޔާންކޮށްފައި ނުވާއިރު، ކައުންސިލްގައި ހޭދަވި މުއްދަތުގެތޭރޭގައި، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ މުވައްޒަފުން ދެއްވި އެހީތެރިކަމަށް އާދަމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އާދަމް އަކީ ހިނގަމުން މިދާ ކައުންސިލްގެ ދައުރުގައި އެންމެ ފުރަތަމަ ނައިބްރައީސްގެ މަޤާމު އަދާކުރެއްވި ފަރާތެކެވެ. އެ މަޤާމުގައި 503 ދުވަސް ހޭދަކުރެއްވުމަށްފަހު، ނައިބް ރައީސްގެ ޒިންމާތައް ދޫކޮށްލެއްވީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 18 ވަނަ ދުވަހުގައެވެ.

އާދަމްގެ އިސްތިއުފާއާއި ގުޅިގެން ކައުންސިލުން އެކަން ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް އަންގާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނެއް ބާއްވަންޖެހެއެވެ.

އާދަމްގެ އިސްތިއުފާއާއި ގުޅިގެން ދަރަނބޫދޫ ކައުންސިލްގައި މިހާރު ތިއްބަވާނީ 4 މެމްބަރުންނެވެ. އެއީ ޢަދާލަތު ޕާޓީއަށް ނިސްބަތްވާ 2 މެމްބަރަކާއި، އެމްޑީޕީ މެމްބަރެއްގެ އިތުރުން ޕީޕީއެމްގެ މެމްބަރެކެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި