ދެވަނަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޑރ.މުޢިއްޒު

ދެވަނަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޑރ.މުޢިއްޒު

383092358 693480372814279 7253023238656907456 N

ދެވަނަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޑރ.މުޢިއްޒު

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ނިމިފައިވާއިރު، ދަރަނބޫދޫ ސްކޫލުގައި ބެހެއްޓުނު ވޯޓުފޮށިން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒު ކުރިހޯދައިފިއެވެ.

އިންތިޚާބުގެ މިބުރުގައި ދަރަނބޫދޫގައި ބެހެއްޓުނު ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވަނީ 299 މީހުންނެވެ. ފުރަތަމަ ބުރުގައި 313 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވީނަމަވެސް، ދެވަނަ ބުރަށް ހުޅުވާލި ރީ ރަޖިސްޓްރޭޝަން މަރުޙަލާގެ ތެރެއިން ބައެއް މީހުންވަނީ އެހެންތަންތަނަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައެވެ.

ދަރަނބޫދޫގައި ބެހެއްޓުނު ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 118 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 43.1 އިންސައްތައެވެ. އެންމެ ގިނަ ވޯޓު ހޯއްދެވި ޑރ. މުޢިއްޒަށް 156 ވޯޓު ލިބިވަޑައިގެންފައިވާއިރު އެއީ ވޯޓުލީ މީހުންގެ 56.9 އިންސައްތަ އެވެ. ބާޠިލް ވޯޓުގެ ގޮތުގައި މިފޮއްޓަށް ޖުމުލަ 6 ވޯޓު ލާފައިވާއިރު ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން 280 މީހުން މިބުރުގައި ވޯޓުލާފައިވެއެވެ. އެއީ 95 އިންސައްތައެވެ.

ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރާއި އަޅާބަލާއިރު ރަށުތެރެއިން ފެނުނު ކެމްޕެއިންގެ ފޯރި މިބުރު އެހާ ފޯރިގަދަކޮށް ފެނިގެން ގޮސްފައި ނުވެއެވެ. އެހެން ނަމަވެސް، ދަރަނބޫދޫގެ ޑިމޮކްރެޓުން އަދި ޖޭޕީއަށް ތާއިދުކުރެއްވި ފަރާތްތަކުން ދެވަނަ ބުރުގައި ތާޢީދުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓަށެވެ.

ދަރަނބޫދޫގެ ސިޔާސީ މަޝްރަޙް އެނބުރިގެން ގޮސްފައިވާ ގޮތަށް ބަލާއިރު ޑރ. މުއިއްޒަށްވަނީ ޕީޕީއެމްގެ އިތުރުން ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީގެ ވޯޓުގެ އިތުރުން އެމްޑީޕީއާއި ޢަދާލަތު ޕާޓީގެ ބައެއް ވޯޓުވެސް ލިބިފައެވެ.

މިއީ 2013 ވަނަ އަހަރުން ފެށިގެން ދަރަނބޫދޫގައި ބޭއްވުނު އިންތިޚާބުތަކުން ޢަދާލަތު ޕާޓީއަށް ނުވަތަ އެޕާޓީ ހިމެނޭ ކޯލިޝަނަށް ނާކާމިޔާބީއާއި ކުރިމަތިވި ދެވަނަ އިންތިޚާބެވެ. އެޕާޓީއަށް މިހާތަނަށް އެންމެ ބޮޑު ނާކާމިޔާބީއެއް ލިބިގެން ގޮސްފައިވަނީ އެންމެ ފަހުން ބޭއްވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައެވެ. އެ އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ފަރާތުން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބީއެއް ލިބިފައިނުވެއެވެ.

ޓެގް:

ޙިއްސާ ކުރައްވާ:

ގުޅުންހުރި