ކުޅިވަރު

ޒޯން ޗެމްޕިއަންޝިޕް: ދަރަނބޫދޫ ކަޓުވާލުމަށްފަހު ފަހަތުން އަރައި ކުޑަހުވަދޫ ފައިނަލަށް

19 ގަޑިއިރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
SM 56.1
ID Card
Liyuntherikan
އިޝްތިހާރު

މިހާރު ކުރިއަށްދާ އެފްއޭއެމް ޒޯން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މ، ފ އަދި ދ ހިމެނޭ ޒޯނުގެ ސެމީ ފައިނަލްގައި، ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ފ. ދަރަނބޫދޫ ބަލިކޮށް ދ. ކުޑަހުވަދޫ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ދ. ކުޑަހުވަދޫގައި ކުޅުނު މި ފޯރިގަދަ މެޗު ފަށައިގެން ރަނގަޅަށް ކުޅެ، މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހައި ކުރިހޯދީ ދަރަނބޫދޫންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޒުވާން އުއްމީދީ ކުޅުންތެރިޔާ ޒަލޫފް ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ ޓީމުގައި ހިމެނޭ އީރާނުގެ ކުޅުންތެރިޔާ ސޮރޫޝްއެވެ. ނަމަވެސް، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޑަހުވަދޫން ވަނީ ފަހަތުން އަރައި މޮޅު ކުޅުމެއް ދައްކައި، ވިދިވިދިގެން ތިން ގޯލު ޖަހައި މެޗުގެ ނަތީޖާ އެ ޓީމުގެ ކޮޅަށް އަނބުރާލާފައެވެ.

މަރިޔަމްޑީ
އިޝްތިހާރު

މި ނަތީޖާއާއެކު ދަރަނބޫދޫ ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެ މުބާރާތާ އަލްވަދާޢު ކިޔަންޖެހިފައެވެ. އެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ދ. މާއެނބޫދޫ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މިރޭ ކުޅެވުނު ސެމީ ފައިނަލް މެޗު ބަލައި، ޓީމަށް ހިތްވަރު ދިނުމަށްޓަކައި ދަރަނބޫދޫން ގިނަ ޢަދަދެއްގެ ސަޕޯޓަރުން ވަނީ ކުޑަހުވަދޫއަށް ދަތުރުކޮށް، ފޯރިއާއެކު ސަޕޯޓްކޮށްފައެވެ.

މި މޮޅާއެކު ކުޑަހުވަދޫ ފައިނަލަށް ދަތުރުކޮށްފައިވާއިރު، މި ޒޯނުގެ ފައިނަލް މެޗުގައި ކުޑަހުވަދޫއާ ދެކޮޅަށް ނުކުންނާނީ ފ. ނިލަންދޫއެވެ. މި ފައިނަލް މެޗު ވެގެންދާނީ ފޯރިގަދަ، ވާދަވެރި މެޗަކަށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ