ޚަބަރު

ރ. މީދޫ ބަނދަރުން 5 ޓަނުގެ މުށިމަސް މަރުވެގެން ނަގައިފި

1 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
IMG 20261015
ID Card
Liyuntherikan
އިޝްތިހާރު

ރ. މީދޫ ބަނދަރު ތެރެއަށް އާދަޔާ ޚިލާފަށް ގިނައިން މުށިމަސް ވަދެ، އޭގެ ތެރެއިން ގިނަ އަދަދެއްގެ މަސް މަރުވެގެން ފެންމައްޗަށް އަރަން ފަށައިފިއެވެ.

މަރުވެފައިވާ މަސްތައް ބަނދަރުން ނެގުމަށް ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތުން މިހާތަނަށް ގާތްގަނޑަކަށް 5 ޓަނުގެ މަސް ނަގާފައިވާ ކަމަށް މީދޫ ކައުންސިލުން ބުނެފިއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މީދޫ ކައުންސިލްގެ ރައީސް އަޙްމަދު ނައީމް ވިދާޅުވީ، ބަނދަރުތެރޭގައި މުށިމަސްތައް މަރުވަމުންދާކަން ފާހަގަކުރެވުނީ މީގެ ދެތިން ދުވަހެއް ކުރިން ކަމަށެވެ. އަދި ބަނދަރުން މަސްތައް ނެގުމުގެ މަސައްކަތް ހުއްޓުމެއް ނެތް ގޮތެއްގައި މިހާރުވެސް ކުރިއަށްދާ ކަމަށާއި، ބަނދަރު ތެރެއިން މަސްތައް އަދިވެސް އެއްކޮށް ހުސްނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތައް މަރުވާން ދިމާވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ނައީމް ވިދާޅުވީ، މި ދުވަސްވަރު ބަނދަރު ތެރެއަށް އާދަޔާ ޚިލާފަށް ގިނައިން މަސް ވަދެފައިވާ ކަމަށެވެ. އަދި ބަނދަރުގެ ތެރޭގައި ލޮނުގަނޑު ދައުރު ނުވުމާއި، އޮކްސިޖަން ދަށްވުމުގެ އިތުރުން، މި ދުވަސްވަރު އާދަޔާ ޚިލާފަށް ހޫނު ގަދަވުމަކީ މަސްތައް މަރުވާން ދިމާވި މައިގަނޑު ސަބަބުތައް ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީދޫ ބަނދަރަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ހަދާފައިވާ ބަނދަރެކެވެ. ފަހުން އެ ބަނދަރު ބޮޑުކޮށް، އަލުން ތަރައްޤީ ކުރި ނަމަވެސް، ބަނދަރަށް ވަދެ ނުކުމެ ހަދަން އޮންނަނީ އެންމެ ނެރެކެވެ.

ބަނދަރުގެ އެތެރޭގައި ލޮނުގަނޑު ރަނގަޅަށް ދައުރުވާނެ ނިޒާމެއް ނެތުމުގެ ސަބަބުން، މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން މަސް މަރުވުމުގެ މައްސަލަ ކުރިމަތިވެއެވެ. ނަމަވެސް، މިއީ އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މަސް ބަނދަރު ތެރޭގައި މަރުވި ފުރަތަމަ ފަހަރު ކަމަށް ބެލެވެއެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، މިހާތަނަށް މަރުވެފައިވަނީ ހަމައެކަނި މުށިމަހެވެ. އަދި ރަށުގެ ބަނދަރު ފިޔަވައި އެހެން އެއްވެސް ފަޅަކުން ނުވަތަ ސަރަޙައްދަކުން މަސް މަރުވެގެން ފެނިފައެއް ނުވެއެވެ.

ތިމާވެއްޓާ ބެހޭ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިހާރު ކުރިމަތިވެފައިވާ އެލްނީނޯ ގެ ހާލަތުގެ ސަބަބުން ކަނޑުތަކާއި، ފަޅުތަކުގެ އިތުރުން ކުޅިތަކުގެ ލޮނުގަނޑު ހޫނުވެ، މަސް މަރުވުމުގެ ފުރުޞަތު ބޮޑެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ