ޚަބަރު

މަކުނުދޫ ސްކޫލުގެ ގްރޭޑް 7 ގެ ދަރިވަރުން ”ވެށި ސާފު“ ފެސިލިޓީއަށް ތަޖުރިބާ ހޯދުމުގެ ޒިޔާރަތެއް ކޮށްފި

2 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
Liyuntherikan
ID Card
އިޝްތިހާރު

މަކުނުދޫ ސްކޫލުގެ ގްރޭޑް 7 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން، އެ ރަށުގައި ގާއިމުކޮށްފައިވާ މެޓީރިއަލް ރިކަވަރީ ފެސިލިޓީ (ވެށި ސާފު) އަށް ތަޖުރިބާ ހޯދުމުގެ ޚާއްޞަ ޒިޔާރަތެއް ކޮށްފިއެވެ.

މި ޒިޔާރަތަކީ ދަރިވަރުންގެ މުގައްރަރުގައި ހިމެނޭ ތިމާވެއްޓާއި ކުންޏާ ގުޅޭ ފިލާވަޅުތަކަށް އަމަލީ ގޮތުން މައުލޫމާތު ހޯދުމަށާއި، ރަށުގެ ތިމާވެށި ރައްކާތެރިކުރުމުގައި ކުނި މެނޭޖްކުރާ ގޮތް ގާތުން ބަލައިލުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި ޒިޔާރަތުގެ ތެރެއިން ދަރިވަރުންނަށް ވަނީ ފެސިލިޓީގައި ކުނި ވަކިކުރާ ގޮތްތަކާއި، ކުނި މަދުކުރުމަށްޓަކައި ރިސައިކަލް ކުރެވޭނެ ތަކެތި ދެނެގަންނާނެ ގޮތްތަކުގެ އަމަލީ މައުލޫމާތު ދީފައެވެ. އަދި ޕްލާސްޓިކް ފަދަ ތިމާވެއްޓަށް ގެއްލުންދޭ ތަކެތި ނައްތާލުމުގައި ނުވަތަ ބޭރުކުރުމުގައި ގެންގުޅޭ އުސޫލުތައް ފެސިލިޓީގެ މުވައްޒަފުން ވަނީ ދަރިވަރުންނަށް ކިޔައިދީފައެވެ.

މި ދަތުރާ ގުޅޭގޮތުން ވާހަކަދެއްކި ދަރިވަރަކު ބުނިގޮތުގައި، މި ޒިޔާރަތުގެ ސަބަބުން ކުނި އުކާލުމުގައި ޒިންމާދާރުވުމުގެ މުހިންމުކަން ވަރަށް ބޮޑަށް ވިސްނިގެންދިޔައެވެ. އަދި ގޭގަޔާއި ސްކޫލުގައި ވެސް ކުނި ވަކިކޮށްގެން އުކާލުމަށް އާދަކުރަން މިހާރު ބޭނުންވާ ކަމަށް ދަރިވަރުން ފާހަގަކުރިއެވެ.

މަކުނުދޫ ސްކޫލުން މައުލޫމާތުދޭ ގޮތުގައި، ފޮތްތަކުން ކިޔަވައިދޭ ފިލާވަޅުތައް މިފަދަ އަމަލީ މައިދާންތަކުން ދަރިވަރުންނަށް ދައްކައިދިނުމަކީ، ކުދިންގެ ހޭލުންތެރިކަން އިތުރުވެ، މުޖުތަމައަށް ފައިދާހުރި ކުދިންތަކަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ޒިޔާރަތް ނިންމާލާފައިވަނީ ދަރިވަރުންނަށް ތިމާވެށީގެ ދާއިރާއިން ގިނަ އާ މައުލޫމާތުތަކެއް ލިބިގެންނެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ