އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މާލެ ސިޓީގެ މެންބަރުކަމަށް އަޙުމަދު ޙަލީމް ކުރިމަތިލައްވަން ނިންމަވައިފި

އެމްޑީޕީ އުފެދުނީއްސުރެ މިއަދާ ހަމައަށް ޕާޓީގެ މަސައްކަތްތަކުގައި ދެގޮތެއް ނުވެ ސާބިތުކަމާއެކު ހުންނެވި އަޙުމަދު ޙަލީމް (ދޮންބިލެތް) / ގ.ހިލްމަން، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މާލެ ސިޓީ މެންބަރު ކަމަށް ކުރިމަތިލައްވަން ނިންމަވައި، އެކަން ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ.
މާލެ ސިޓީގެ އެމްޑީޕީ މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި އަޙުމަދު ޙަލީމް ވިދާޅުވީ، މިވަގުތަކީ ޤައުމަށް ވެސް އެމްޑީޕީގެ ބޭނުން ނުހަނު ބޮޑަށް ޖެހިފައިވާ މުހިންމު ވަގުތެއް ކަމަށެވެ. އަދި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެންމެން ބަދަހިކަމާއެކު ނިކުންނަން ޖެހޭ ކަމަށް ޤަބޫލުކުރެއްވޭތީ، މި މަޤާމަށް ކުރިމަތިލައްވަން ނިންމެވީ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
އަޙުމަދު ޙަލީމް ވަނީ އެމްޑީޕީގެ މާލެ ސިޓީގެ އެންމެހާ ލޮބުވެތި މެންބަރުންގެ ފަރާތުން މި އިންތިޚާބުގައި އިޚުލާޞްތެރި ތާއީދަކަށް ނުހަނު އެދިވަޑައިގެންފައެވެ.















ޚިޔާލުތައް (0)