ޚަބަރު

ކުޅުދުއްފުށީގައި ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ’މަނަސް ހަބް‘ ހުޅުވައިފި

15 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
ID Card
Liyuntherikan
އިޝްތިހާރު

ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަކޮށްގެން ކުޅުދުއްފުށީގައި ގާއިމުކުރި ’މަނަސް ހަބް‘ ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ.

މިއީ އޮސްޓްރޭލިއަން ހައިކޮމިޝަނާއި އޮސްޓްރޭލިއާގެ އޮރިޖެންގެ ”ހެޑްސްޕޭސް“ މޮޑެލް ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ބައްޓަންކޮށްގެން ރާއްޖޭގައި ހުޅުވި، ނަފްސާނީ ދުޅަހެޔޮކަމުގެ އެންމެ ފުރަތަމަ ”އާރލީ އިންޓަވެންޝަން އެންޑް ވެލްބީންގް ސެންޓަރ“ އެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ޚިދުމަތް ފެށި މި ހަބަކީ، ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމަނައިގެން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.

މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރ ޑޭވިޑް ޖެސަޕް އެވެ. މި ރަސްމިއްޔާތުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މި ހަބުގެ މައިގަނޑު މަގްސަދަކީ މުޖުތަމައުގެ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމެވެ. އަދި ވަކިން ޚާއްސަކޮށް، ފުރާވަރުގެ ކުދިންނަށާއި ޒުވާނުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ