އެމްޑީޕީ ޤައުމީ މަޖިލިސް: ފޯކައިދޫ ދާއިރާއަށް އަޙްމަދު ޒަކީ ވާދަކުރައްވަނީ

ކުރިއަށް އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ފޯކައިދޫ ދާއިރާގެ މެންބަރުކަމަށް ވާދަކުރެއްވުމަށް އަޙްމަދު ޒަކީ ޤަޞްދުކުރައްވައި، އެ ދާއިރާގެ އެމްޑީޕީ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފިއެވެ.
މިކަން ހާމަކުރައްވައި ދާއިރާގެ ލޮބުވެތި ރައްޔިތުންނާއި ޕާޓީގެ މެންބަރުންނަށް އަޙްމަދު ޒަކީ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި ފޯކައިދޫ ދާއިރާ ތަމްސީލުކުރުމަށް ނުކުމެވަޑައިގަންނަވަނީ ވަރަށް މަތިވެރި އަޒުމަކާއެކު ކަމަށެވެ. އަދި ދާއިރާގެ އެމްޑީޕީ މެންބަރުންގެ ތާއީދަށް ވަރަށް އިހުތިރާމާއެކު އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ޒަކީ އިތުރަށް ވިދާޅުވީ، މި އިންތިޚާބުގައި ވާދަކޮށް ދާއިރާ ތަމްސީލުކުރުމުގެ ފުރުޞަތު ލިބިވަޑައިގެންފިނަމަ، ދާއިރާގެ މެންބަރުން މާޔޫސްވާން ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި ފޯކައިދޫ ދާއިރާ ތަމްސީލް ކުރުމުގައި ހުރިހާ ގޮތަކުންވެސް ނަމޫނާ މެންބަރަކަށް ވެވަޑައިގަންނަވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، މި އިންތިޚާބު ކާމިޔާބު ކުރުމުގައި އެންމެހާ އެކުވެރި ރަޙްމަތްތެރިންގެ އެހީތެރިކަމާއި މަދަދުވެރިކަމަށް އަޙްމަދު ޒަކީ ވަނީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާފައެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހަކީ ޕާޓީގެ ސިޔާސަތުތަކާއި ނިންމުންތައް ނިންމުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ގުނަވަނެވެ. އަޙްމަދު ޒަކީ އިންތިޚާބަށް ނުކުމެވަޑައިގަތުމާއެކު، ދާއިރާގެ ތެރޭގައި ކެމްޕޭންގެ ފޯރި މިހާރު ވަނީ ގަދަވާން ފަށާފައެވެ.















ޚިޔާލުތައް (0)