ޚަބަރު

ދ. ކުޑަހުވަދޫގައި ޒަމާނީ އައުޑޯރ ޖިމެއް ޤާއިމުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް!

12 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
ID Card
Liyuntherikan
އިޝްތިހާރު

ޒުވާނުންނާއި ރައްޔިތުންގެ ހަށިހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (HDC) ގުޅިގެން ކުޑަހުވަދޫގައި ތަރައްޤީކުރާ އައުޑޯރ ޖިމްގެ މަސައްކަތްތައް ކުރިއަށްދާކަމަށް ދ. ކުޑަހުވަދޫ ކައުންސިލުން ހާމަކުރައްވައިފިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ 71 ރަށެއްގައި އައުޑޯރ ޖިމް ޤާއިމުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ ހަށިހެޔޮކަމުގެ ގައުމީ އެޖެންޑާގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން ކުޑަހުވަދޫގައި ޤާއިމުކުރާ ޖިމްގައި ޒަމާނީ ފިޓްނަސް އިކުއިޕްމަންޓްތައް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެޗް.ޑީ.ސީ އާއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މިފަދަ މަޝްރޫޢުތައް ރަށްރަށުގައި ހިންގުމުގައި ކައުންސިލްތަކާއި ސަރުކާރުގެ ވުޒާރާތަކާ ދެމެދު ގުޅުން ހަރުދަނާކުރުމުގެ މަސައްކަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (LGA) އިން ވިލަރެސްކުރަމުންދާއިރު، މި ޖިމް ނިމުމުން ރަށުގެ ހުރިހާ ޢުމުރުފުރައެއްގެ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެގެންދާނެއެވެ.

ކުޑަހުވަދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، ޖިމްގެ ޢަމަލީ މަސައްކަތްތައް ނިންމައި ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ޚިދުމަތްދޭން ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަމުގައި ކައުންސިލުން ދަނީ ފުރިހަމައަށް އެއްބާރުލުން ދެމުންނެވެ.

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ