ޚަބަރު

ބިލެއްދޫ ކަނބަލުންގެ ބަށި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި!

16 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
ID Card
Liyuntherikan
އިޝްތިހާރު
ބިލެއްދޫގައި މުޅި ރަށަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ”ކަނބަލުންގެ 2 ވަނަ ބަށި މުބާރާތް“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ރަށުގެ އެކި މުވައްސަސާތަކުގެ އިތުރުން ގިނަ އަދަދެއްގެ އާންމުންގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާކަން ބިލެއްދޫ ކައުންސިލުން ފާހަގަކުރެއެވެ.
މި މުބާރާތް ބޭއްވުމަށްޓަކައި ބޭނުންވި ބައެއް ސާމާނުގެ އިތުރުން، މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ދެވުނު މެޑަލް، ޓްރޮފީ އަދި ތާޖް ފަދަ ތަކެތި ވަނީ ހަދިޔާކޮށްފައެވެ. މި ތަކެތި ހަދިޔާކޮށްދެއްވާފައިވަނީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް އަލްފާޞިލް ރިލްވާން މޫސާއެވެ.
ރިލްވާން މޫސާގެ ފަރާތްޕުޅުން ލިބުނު ދީލަތި އެހީތެރިކަމާ ގުޅިގެން، ބިލެއްދޫ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ވަނީ ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. ކައުންސިލުން ބުނި ގޮތުގައި މިފަދަ އެހީތެރިކަމަކީ ރަށުގެ ކުޅިވަރު ކުރިއެރުވުމަށާއި، ޚާއްޞަކޮށް އަންހެން ކަނބަލުންގެ މެދުގައި ބަށި ކުޅިވަރު ދިރުވައި އާލާކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ