ޚަބަރު

ދަރަނބޫދޫން ޖަނަވާރާއި ދޫނި ގެންގުޅުމަށް ބިން ދޫކުރަނީ، ވިޔަފާރި ޕްލޭން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

1 ދުވަސް ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
1000019742
ID Card
Liyuntherikan
އިޝްތިހާރު

ފާފު އަތޮޅު ދަރަނބޫދޫން ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމަށް ޚާއްޞަ ބިންތަކެއް ދޫކުރުމަށް އެ ރަށު ކައުންސިލްގެ އިދާރާއިން ނިންމައި، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.

ދަރަނބޫދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައިވާ ގޮތުން، މި ބިންތަކަށް އެދި ކުރިމަތިލާ ފަރާތްތަކުން ތަފްސީލީ ވިޔަފާރި ޕްލޭނެއް (ބިޒްނަސް ޕްލޭން) ހުށަހަޅަންޖެހެއެވެ. ވިޔަފާރި ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ޚާއްޞަ ފޯމާއި މައުލޫމާތު ކަރުދާސް ކައުންސިލްގެ އިޢުލާނާއެކު މިހާރު އާންމުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި ބިންތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އެގޮތުން އެއްވެސް ކަމެއް އޮޅުންފިލުވަން ބޭނުންވާނަމަ، މި ހިނގާ އޮކްޓޫބަރު މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ލިޔުމުން ނުވަތަ ކައުންސިލްގެ ރަސްމީ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ހުށަހެޅުމަށް ކައުންސިލުން އިރުޝާދުދެއެވެ.

ބިންތަކަށް އެދި ވިޔަފާރި ޕްލޭންތައް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ 04 ވާ ބުދަ ދުވަހުގެ 13:30 އެވެ. ޕްލޭންތައް ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ސީދާ ކައުންސިލް އިދާރާއަށް ހާޒިރުވެގެން ނުވަތަ ކައުންސިލްގެ ރަސްމީ އީމެއިލް އެޑްރެހަށް ފޮނުވައިގެންނެވެ.

ކައުންސިލުން ވަނީ ބިންތަކަށް އެދޭ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއްވެސް ހާމަކޮށްފައެވެ. އެގޮތުން ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ޕްލޭންތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ގޮތަށް ހުށަހަޅާ އެއްވެސް ޕްލޭނެއް ބަލައިނުގަނެވޭނެ ކަމަށާއި އެފަދަ ޕްލޭންތައް ބާޠިލުކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހޯދުމަށް ރަސްމީ ގަޑީގައި އެ އިދާރާގެ ފޯނު ނަންބަރު 6740015 އާ ގުޅުއްވުމަށް ކައުންސިލުން އެދެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ