ކުޅިވަރު

ފޯކައިދޫގެ ”6 ވަނަ އިންޓަރ އޮފީސް ސްޕޯޓްސް ފިއެސްޓާ“ ފޯރިއާއެކު ފެށިއްޖެ

11 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
ID Card
Liyuntherikan
އިޝްތިހާރު

ފޯކައިދޫ ކައުންސިލް އިސްނަގައިގެން އެ ރަށުގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޢީދު، ”6 ވަނަ އިންޓަރ އޮފީސް ސްޕޯޓްސް ފިއެސްޓާ 2026“ ގެ ފޯރިގަދަ މެޗުތައް ރަސްމީކޮށް ފެށިގެން ކުރިއަށްދާން ފަށައިފިއެވެ. މި މަހުގެ 15 އޮކްޓޫބަރުން ފެށިގެން 22 އޮކްޓޫބަރުގެ ނިޔަލަށް ކުރިއަށްދާ މި ފިއެސްޓާގައި ރަށުގެ ފަސް މުއައްސަސާއަކުން ދަނީ ޝަރަފުވެރި ރަންވަނަތަކަށް ވާދަކުރަމުންނެވެ.

މި މުބާރާތުގެ ފުރަތަމަ އިވެންޓެއްގެ ގޮތުގައި ކުރިއަށްދާ ”1 ވަނަ ބެޑްމިންޓަން ޓޯނަމަންޓް“ ގެ ފިރިހެން ޓީމު އިވެންޓުގެ ފޯރި މިހާރު ވަނީ ވަރަށް ގަދަވެފައެވެ. މުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ ފޯކައިދޫ ކައުންސިލް، ފޯކައިދޫ ހެލްތު ސެންޓަރ، ފޯކައިދޫ ފެނަކަ، ފޯކައިދޫ ޕޮލިސް އަދި ފޯކައިދޫ ސްކޫލެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މުބާރާތުގެ ފެށުން ކުލަގަދަކޮށްދިނީ 15 އޮކްޓޫބަރު 2026 ވީ ބުރާސްފަތި ދުވަހުގެރޭ ކުޅެވުނު ފޯރިގަދަ ފުރަތަމަ މެޗުންނެވެ. މި މެޗުގައި ބައްދަލުކުރީ ފޯކައިދޫ ހެލްތު ސެންޓަރާއި ފޯކައިދޫ ޕޮލިސް އެވެ. ވާދަވެރި ކުޅުމަކަށްފަހު، 4-1 ގެ ލީޑަކުން މެޗު ކާމިޔާބުކުރީ ފޯކައިދޫ ހެލްތު ސެންޓަރެވެ. މި މޮޅާއެކު ހެލްތު ސެންޓަރުން ވަނީ 9 ގޭމް (245 ޕޮއިންޓް) ކާމިޔާބުކޮށް، ޖުމްލަ 2 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައެވެ. ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ޕޮލިސް ޓީމަށް ލިބުނީ 4 ގޭމް (211 ޕޮއިންޓް) ކަމަށްވުމުން، އެ ޓީމު މިހާރު އޮތީ ތާވަލުގެ ފުލުގައެވެ.

މުބާރާތުގެ ތާވަލު ރޭވިފައިވާ ގޮތުން، މިއަދު (16 އޮކްޓޫބަރު 2026) ހަވީރު 16:00 ގައި ފޯކައިދޫ ފެނަކަ އާއި ފޯކައިދޫ ސްކޫލް ބައްދަލުކުރާ މެޗު ކުރިއަށްދާއިރު، މިރޭ 20:00 ގައި ބާއްވާ ފޯރިގަދަ މެޗުގައި ބައްދަލުކުރާނީ ފޯކައިދޫ ކައުންސިލާއި ފޯކައިދޫ ޕޮލިސް އެވެ. މިއީ މުބާރާތުގައި ކައުންސިލް ޓީމުން ކުޅޭ ފުރަތަމަ މެޗަށް ވާއިރު، ފުރަތަމަ މެޗުން ބަލިވި ޕޮލިސް ޓީމަށް މިއީ މުބާރާތުގައި ކުރިއަށްދާން މުހިންމު މެޗެކެވެ.

ފޯކައިދޫގެ މުއައްސަސާތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ކުޅިވަރުގެ ޒަރީއާއިން އާލާކުރުމަށް ބާއްވާ މި މުބާރާތުގައި ބެޑްމިންޓަންގެ އިތުރުން ވޮލީބޯޅަ، ހޭންޑްބޯޅަ އަދި ފުޓްސަލްގެ ފޯރިގަދަ މެޗުތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެއެވެ. ހުރިހާ ޓީމުތަކަކުންވެސް މުބާރާތުގެ ބޮޑު ޗެމްޕިއަންކަން ހޯދުމަށް ނުކުމެފައިވާއިރު، ރަށުގެ ސަޕޯޓަރުން ތިބީ ކުޅިވަރުގެ ފޯރީގައި ބައިވެރިވުމަށް ތައްޔާރުވެގެންނެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ