ޚަބަރު

ށ. ފޭދޫގެ އައު އިންޖީނުގެއިން ޚިދުމަތްދޭން ފަށައިފި

13 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
ID Card
Liyuntherikan
އިޝްތިހާރު

ށ. ފޭދޫގެ ރަށުތެރޭގައި ހުރި އަޑުގަދަ އިންޖީނުތައް ނިއްވާލައި، މުޅިން އަލަށް ބިނާކުރި އައު އިންޖީނުގެއިން ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ. މިއަދަކީ ފޭދޫގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތްދިނުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ދުވަހެކެވެ.

މި ބަދަލާއެކު، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި މުޅިން އަލަށް ގެނެވުނު 400 ކިލޯވޮޓުގެ އައު ޖެނެރޭޓަރާއެކު އައު އިންޖީނުގެއިން މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ. މިއީ ރަށުގެ ހަކަތައިގެ މާހައުލަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ފެނަކަ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، މި މުހިންމު މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވުނީ ފެނަކަ ށ. ފޭދޫ ބްރާންޗުގެ ހީވާގި މުވައްޒަފުން ރެއާއި ދުވާލު ހުއްޓުމެއްނެތި، ނުހަނު ބޮޑު ހިތްވަރަކާއެކު ކުރި ބުރަ މަސައްކަތުންނެވެ. އެ ކުންފުނިން ވަނީ މި ޢަމަލީ މަސައްކަތުގައި ބައިވެރިވި ފޭދޫ ބްރާންޗުގެ ހުރިހާ މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

އައު އިންޖީނުގެއަށް ޚިދުމަތް ބަދަލުވުމާއެކު، ކުރިން ރަށުތެރޭގައި ހުރި އިންޖީނުތަކުގެ އަޑުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދިޔަ އުނދަގޫތަކަށް ދާއިމީ ހައްލެއް ލިބި، އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުންދާނެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ