ޚަބަރު

ދަރަނބޫދޫގެ ހަރުކުނި ތިލަފުއްޓަށް ބޭރުކުރުމުގެ ބޮޑު މަޝްރޫޢެއްގައި ސޮއިކޮށްފި

1 ދުވަސް ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
Liyuntherikan
ID Card
އިޝްތިހާރު

ފ. ދަރަނބޫދޫ: ދަރަނބޫދޫ ކުނިގޮނޑުގައި ޖަމާވެފައިވާ އަދި އާންމުކޮށް ރަށުގައި ނައްތާނުލެވޭ ޒާތުގެ ކުނި ރަށުން ބޭރުކޮށް، ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ބޮޑު މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ދަރަނބޫދޫ ކުނިގޮނޑުން ނައްތާލަންޖެހޭ ދަގަނޑާއި، ބިއްލޫރި، ދަޅު އަދި ފުޅިފަދަ ތަކެތި ކޭއޭ. ތިލަފުއްޓަށް އުފުލައި، ނައްތާލުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ދ. ހުޅުދެލީ/މާގާ، މުޖުތަބާ ސަޢީދުއާއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި މަސައްކަތުގެ އެއްބަސްވުމުގައި ވާގޮތުން، މުޖުތަބާ ސަޢީދާ މި މަސައްކަތް ޙަވާލުކުރެވިފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. އެއީ 2026 ސެޕްޓެންބަރު 06 އިން ފެށިގެން 2027 ސެޕްޓެންބަރު 05 ގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި ރަށު ކުނިގޮނޑުގައި ހުރި، އަންދައިގެން ނައްތާލެވޭ ހުރިހާ ހަރުކުންޏެއް ސަރަޙައްދީ ކުނި މެނޭޖުކުރާ މައި މަރުކަޒު ކަމަށްވާ ތިލަފުއްޓަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ސަބަބުން ދަރަނބޫދޫއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އެގޮތުން ރަށުގެ ކުނިގޮނޑު ފުރި ބާރުވުމުން ސަލާމަތްވެ، ރަށުގެ ބިމުގެޖާގަ ނުކެނޑި ސާފުތާހިރުކޮށް ބެލެހެއްޓޭނެއެވެ. އަދި ބިއްލޫރި އާއި ދަގަނޑު ފަދަ ތަކެތި ރަށުން ބޭރުކުރުމުން، އާންމުންނަށް ލިބިދާނެ ޖިސްމާނީ އަނިޔާތަކުން ސަލާމަތްވެ، ލޭމަދިރި އާލާވާ ތަންތަން ނެތިގޮސް ޞިއްޙީ ގޮތުން ރައްކާތެރި މާޙައުލެއް ބިނާވާނެއެވެ.

މީގެއިތުރުން، ރީސައިކަލް ކުރެވޭ ތަކެތި ތިލަފުއްޓަށް ގެންދިއުމުން ޤައުމީ ފެންވަރުގައި ތިމާވެށި ޙިމާޔަތްކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވެދެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދަރަނބޫދޫގެ ކުނި މެނޭޖުކުރުމުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ރަށުގެ ރައްޔިތުންނަށް ސާފު އަދި ރައްކާތެރި މާޙައުލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ