ޚަބަރު

މާލޭގައި ބަނގުރާ ދައުރުކުރާ ބޮޑު ނެޓްވޯކެއް ފުލުހުން އަތުލައިގެންފި

18 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
IMG 20261012
ID Card
Liyuntherikan
އިޝްތިހާރު

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ އެތެރެކޮށް، އޭގެ ވިޔަފާރިކުރަމުންދާ ބޮޑު ނެޓްވޯކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި ނެޓްވޯކް އަތުލައިގަތުމަށް ހިންގި އޮޕަރޭޝަން މިހާރު ކުރިއަށްގެންދަނީ މާލޭގެ ހ. މާދޫގައެވެ. އެ ގޭގެ ފުރަތަމަ ފަންގިފިލާ ބަލައި ފާސްކުރިއިރު، ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއީ ފުޅާ ދާއިރާއެއްގައި ބަނގުރާ ދައުރުކުރާ ބަޔަކު އަތުލައިގަތުމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގަމުންދާ ހަރަކާތެކެވެ. މި މައްސަލައިގައި ޝާމިލްވާ ބައެއް މީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
އެ ސަރަޙައްދުގައި ފުލުހުންގެ ޚާއްޞަ ޓީމުތަކުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މި އޮޕަރޭޝަނުގައި އަތުލައިގަތް ބަނގުރަލުގެ ޖުމްލަ ޢަދަދާއި، ހައްޔަރުކުރި މީހުންގެ ތަފްސީލު ފުލުހުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަޙުޤީޤު ފަށައިގެން ކުރިއަށްދާ ކަމަށާއި، އޮޕަރޭޝަން މުޅިން ނިމުމުން އިތުރު ތަފްސީލްތައް މީޑިއާއާ ހިއްސާކުރާނެ ކަމަށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ