ޚަބަރު

މަގޫދޫ ތަރައްޤީ ޕްލޭނަށް މުއައްސަސާތަކުގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވައިފި

12 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
IMG b45b8c90 0c46 4b16 9ed3 ee3d0499132a
Liyuntherikan
ID Card
އިޝްތިހާރު
ފ. މަގޫދޫ ތަރައްޤީ ޕްލޭނަށް މުއައްސަސާތަކުގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް މަގޫދޫ ކައުންސިލުން ބާއްވައިފިއެވެ.
ޅ
ފ. މަގޫދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، ރަށުގެ ތަރައްޤީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، ރަށުގައި ހުރި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކޮށް ޚިޔާލު ހޯދުމުގެ މުހިންމު ސެޝަންތަކެއް ދާދިފަހުން ވަނީ ބާއްވައިފިއެވެ.
މި މަސައްކަތުގެ ދަށުން ބޭއްވުނު ބައްދަލުވުންތަކުގައި ފ. މަގޫދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުންނާއި، ފ. މަގޫދޫ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ އިތުރުން ފ. މަގޫދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ރަށުގެ ކުރިމަގާއި ތަރައްޤީގެ ތަޞައްވުރު ކަނޑައެޅުމުގައި މުއައްސަސާތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި ޖުމްލަ 32 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ކައުންސިލުން ހާމަކުރެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ފެނަކަ ބްރާންޗްގެ 23 މުވައްޒަފުންނާއި، ފުލުހުންގެ 5 މުވައްޒަފުން އަދި މެޖިސްޓްރޭޓް ކޯޓުގެ 4 މުވައްޒަފުންނެވެ.
މި ބައްދަލުވުންތަކުގެ ތެރެއިން، ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
އަދި ރަށުގެ ތަރައްޤީ ޕްލޭން ފުރިހަމަ ކުރުމަށްޓަކައި މުވައްޒަފުންގެ ފަރާތުން ދެއްވި އަގުހުރި ޚިޔާލުތަކާއި ދެއްވި އެއްބާރުލުމަށް މަގޫދޫ ކައުންސިލްގެ ފަރާތުން ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ