ޚަބަރު

އުތުރުގެ ދެ އަތޮޅުގެ ތަރައްޤީއަށް އެމްޓީސީސީން ޢަމަލީ ގޮތުން 87 މަޝްރޫއެއް ފަށައިފި!

11 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
IMG 20c636a8 5dd9 4886 bb41 f677d1b4718a
Liyuntherikan
ID Card
އިޝްތިހާރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. އަދި ހދ. އަތޮޅުގައި ތަރައްޤީގެ މުހިންމު 87 މަޝްރޫއެއްގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާކަން ހާމަކޮށްފިއެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ހޮސްޕިޓަލްތަކާއި، އެއާޕޯޓް ތަރައްޤީ ކުރުމާއި، މަގުހެދުމާއި، މިސްކިތްތައް އަދި ކުޅިވަރުގެ އެކި ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

އެމްޓީސީސީގެ އޮޕަރޭޝަންސްތައް ބަހާލެވިފައިވާ ޒޯންތަކުގެ ތެރެއިން، މި ދެ އަތޮޅު ހިމެނެނީ ޒޯން 1 ގައެވެ. ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޒޯން 1 ގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ އަޙްމަދު ޢާލިމް ވިދާޅުވީ، އެ ޒޯނަށް ޖުމްލަ 116 މަޝްރޫއެއް ކަނޑައެޅިފައިވާއިރު، އޭގެ ތެރެއިން ރަސްމީކޮށް އެއްބަސްވުން ހެދި، 87 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް އަމަލީ ގޮތުން ކުރިއަށްދާ ކަމަށެވެ.

އަދި މުޅި ރާއްޖޭގައި އެކުންފުނިން 800 އަށްވުރެ ގިނަ މަޝްރޫއު ހަ ޒޯނަކަށް ބަހާލައިގެން ބަލަހައްޓަމުން ގެންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޒޯން 1 ގައި މިހާރު ކުރިއަށްދާ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި، ހއ. ދިއްދޫގައި އަޅާ ހއ. އަތޮޅު ހޮސްޕިޓަލްގެ މަސައްކަތާއި، ހއ. ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫއާއި، ހދ. ހަނިމާދޫ މިސްކިތުގެ މަސައްކަތާއި، ހދ. ވައިކަރަދޫގައި ސްކޭޓް ޕާކެއް ހެދުމުގެ އިތުރުން ހއ. އުލިގަމުގައި އިމިގްރޭޝަން އިމާރާތެއް އެޅުމުގެ މަސައްކަތްވެސް ދަނީ ހިނގަމުންނެވެ.

ހަމައެއާއެކު، ރަށްރަށުގެ ސްކޫލްތަކާއި ސިއްޙީ މަރުކަޒުތައް ތަރައްޤީ ކުރުމުގެ އިތުރުން، ރައްޔިތުންގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް ބޭނުންވާ ފުޓްސަލް ދަނޑުތަކާއި، ވޮލީ ކޯޓުތައް އަދި ހޭންޑްބޯޅަ ކޯޓުތައް އެޅުމުގެ ގިނަ މަޝްރޫއުތަކެއްވެސް އެމްޓީސީސީން އަންނަނީ ތަންފީޒު ކުރަމުންނެވެ.

މި މަޝްރޫއުތަކަކީ މި ދެ އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ ކަންކަމެވެ.

ޢާލިމް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުތައް، އެއްބަސްވުމާ އެއްގޮތަށް އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފެންވަރު ރަނގަޅުކޮށް ނިންމުމަކީ ކުންފުނީގެ އެންމެ ބޮޑު ޒިންމާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫއުތަކެއް ހިނގަމުންދާއިރު، އުތުރުގެ ދެ އަތޮޅުގައި އެކަނިވެސް 87 މަޝްރޫއެއް އެއްފަހަރާ ކުރިއަށް ގެންދިއުމަކީ އެ ސަރަހައްދުގެ ތަރައްޤީއަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ