ޚަބަރު

ށ. ފުނަދޫ އާ ހޮސްޕިޓަލުގެ މަސައްކަތް ބާރަށް ކުރިއަށް!

12 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
IMG 20261010
Liyuntherikan
ID Card
އިޝްތިހާރު

ށ. ފުނަދޫގައި އާ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މިހާރު ސައިޓުގައި ކުރިއަށްދަނީ ސްޓްރިޕް ފުޓިންގ ކޮންކްރީޓް ކުރުމުގެ މަސައްކަތްތަކާއި، ފުޓިންގ ރީއިންފޯސްމަންޓް (ދަގަނޑު އެޅުން) ގެ މަސައްކަތްތަކެވެ. މީގެ އިތުރުން ސްޓްރިޕް ބީމް ޝަޓަރިންގގެ މަސައްކަތްތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

ށ. ފުނަދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި އާ ހޮސްޕިޓަލަކީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބޭ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން، ރަށުން ބޭރަށް ސިއްޙީ ފަރުވާއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމުގައި އިސްދައުރެއް އަދާކުރާ އެމްޓީސީސީން ވަނީ، މި މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަތައް އެ ކުންފުނީގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ބަލާލެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ.

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ