ޚަބަރު

ކަނޑޫފަލުގައި މަރުވެފައިވާ މަސްތައް ނަގަން ބާރަށު ކައުންސިލުން ރައްޔިތުންގެ އެހީއަށް އެދިއްޖެ!

2 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
Viber image 2026 10 08 20 47 33
Liyuntherikan
ID Card
އިޝްތިހާރު
ހއ. ބާރަށު ދެކުނު ކަނޑޫފަލުން ގިނަ ޢަދަދެއްގެ މަސް މަރުވަމުންދާތީ، އެ މަސްތައް ނަގައި ވަޅުލުމުގެ ޚާއްޞަ މަސައްކަތެއް އަންނަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ.
ބާރަށު ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، ކަނޑޫފަލުން ގިނަ ޢަދަދަކަށް މަސް މަރުވާން މެދުވެރިވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހޫނުމިން އިންތިހާއަށް މައްޗަށް ގޮސް، ކަނޑޫފަލުގެ ފެންގަނޑު ހިނދުމުގެ ސަބަބުންނެވެ.
މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ، މަރުވެފައިވާ މަސްތައް ނަގައި، ރައްކާތެރިކަމާއެކު ވަޅުލުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން، މި އިޖުތިމާޢީ އަދި ތިމާވެށީގެ ޙަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ އެ ކައުންސިލްގެ ބޮޑު އެދުމެކެވެ. މި މަސައްކަތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ދުވަހުގެ ހެނދުނު އެ ރަށު ދެކުނު ކޮށި މަގު ސަރަޙައްދުގެ ކަނޑޫފާ ކައިރިއަށް ވަޑައިގެންދެއްވުމަށް ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ
ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ