ޚަބަރު

ށ. ފުނަދޫގައި އެމްއައިބީގެ ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ޚިދުމަތް ފަށައިފި!

10 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
IMG 20261008
ID Card
Liyuntherikan
އިޝްތިހާރު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޭންކިންގ ޚިދުމަތްތައް ރާއްޖޭގެ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ށ. ފުނަދޫގައި އައު ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރުއާއި، ށ. ފުނަދޫ ކައުންސިލްގެ ނައިބު ރައީސް ޢާދަމް ޙުސައިންއާއި، އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު ރިޒާ އަދި އެ ބޭންކުގެ ސީއެފްއޯ އަލީ ވާސިފްއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

އެމްއައިބީއިން މަޢުލޫމާތު ދޭ ގޮތުގައި ފުނަދޫގައި އަލަށް ޤާއިމުކުރެވުނު ސޭލްސް ސެންޓަރާއި އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ދިވެހި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މީގެ ސަބަބުން ފުނަދޫގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ރަށުގައި ތިބެގެން ރައްކާތެރި، އަދި ފަސޭހަ ގޮތަކަށް މާލީ ޚިދުމަތްތައް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.

ރާއްޖޭގެ މާލީ ދާއިރާ ހުރިހާ ރަށަކަށް ފުޅާކުރުމަށާއި، ރަށްރަށުގެ ތަރައްޤީއަށާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ފަސޭހަތައް ފޯރުކޮށްދިނުމަށް އެމްއައިބީއިން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

 

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ