ޚަބަރު

އިޙްތިޞާސް ހިނގާ ސަރަޙައްދު ބެލެހެއްޓުމަށް މަތިވެރީ ކައުންސިލުން ޑިންގީއެއް ހޯދަނީ!

14 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
1000017704
ID Card
Liyuntherikan
އިޝްތިހާރު
އއ. މަތިވެރީ ކައުންސިލްގެ އިޙްތިޞާސް ހިނގާ ސަރަޙައްދު ބެލެހެއްޓުމަށާއި ރަށު ފެންވަރުގައި ކުރެވޭ މުނިސިޕަލް އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ފައިބަރ ޑިންގީއެއް ހޯދުމަށްޓަކައި ”ދަ ބޯޓްމޭން“ އާއެކު ފަހުމުނާމާ (MoU) އެއްގައި ސޮއިކޮށްފިއެވެ.
މަތިވެރީ ކައުންސިލް އިދާރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިސްމާޢިލް ޢާޠިފެވެ. އަދި ”ދަ ބޯޓްމޭން“ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިސްވެރިއާ ޞަފްވާން ޢީޝާއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން މަތިވެރީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، އަލަށް ހޯދާ ފައިބަރ ޑިންގީގެ ސަބަބުން ރަށުގެ އިދާރީ ބާރު ހިނގާ ކަނޑުގެ ސަރަޙައްދާއި، ކައުންސިލްގެ ދަށުގައިވާ ފަޅުރަށްތަކާއި ފިނޮޅުތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
1000017705
ފައިބައއ. މަތިވެރީ ކައުންސިލްގެ އިޙްތިޞާސް ހިނގާ ސަރަޙައްދު ބެލެހެއްޓުމަށާއި ރަށު ފެންވަރުގައި ކުރެވޭ މުނިސިޕަލް އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ފައިބަރ ޑިންގީއެއް ހޯދުމަށްޓަކައި ”ދަ ބޯޓްމޭނޖް އާއެކު ފަހުމުނާމާ (MoU) އެއްގައި ސޮއިކުރުން: ފޮޓޯ / އއ. މަތިވެރީ ކައުންސިލް
މީގެ އިތުރުން، ރަށުގެ މުނިސިޕަލް އެކިއެކި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް މި އުޅަނދުގެ ބޭނުން ހިފޭނެއެވެ.
މިއީ މަތިވެރީގެ ތަރައްޤީއަށާއި ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއެވެ.
ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ