ޚަބަރު

މިލަންދޫ ސްކޫލުގެ މުދައްރިސުންގެ އަގުވަޒަންކުރުމަށް ކައުންސިލުން ޚާއްޞަ ޙަރަކާތެއް!

14 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
1000017471 (1)
Liyuntherikan
ID Card
އިޝްތިހާރު
ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ މުނާޞަބަތުގައި، މިލަންދޫ ސްކޫލުގެ އެންމެހައި މުދައްރިސުން ކުރައްވަމުންދާ ބުރަ އަދި އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިލަންދޫ ކައުންސިލުގެ ފަރާތުން އިސްނަގައިގެން ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
1000017475
ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ މުނާޞަބަތުގައި، މިލަންދޫ ސްކޫލުގެ އެންމެހައި މުދައްރިސުންނަށް މަރުޙަބާ ދެންނެވުން: ފޮޓޯ_ މިލަންދޫ ކައުންސިލް ރަސްމީ ފޭސްބުކް ޕޭޖް
މުދައްރިސުންގެ ހިތްވަރު އާލާކޮށް، ރަށުގެ ތަޢުލީމީ ކުރިއެރުމަށް އެބޭފުޅުން ވަމުންދާ ޤުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ޙަރަކާތްތަކުގެ ތެރެއިން ކައުންސިލުގެ އިސްބޭފުޅުން ވަނީ ސްކޫލުގެ މުދައްރިސުންނާ ބައްދަލުކުރައްވައި، ދުވަހުގެ މުނާޞަބު ތަހުނިޔާ އާއި ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ.
އަދި މުދައްރިސުންގެ އަގުހުރި ޚިދުމަތްތަކުގެ ހަނދާނެއްގެ ގޮތުން ކައުންސިލުގެ ފަރާތުން ވަނީ ހުރިހާ މުދައްރިސުންނަށް ޚާއްޞަ ހަދިޔާއެއް ވެސް ވެދުމަށް އަރުވާފައެވެ.
1000017474
ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ މުނާޞަބަތުގައި، މިލަންދޫ ސްކޫލުގެ އެންމެހައި މުދައްރިސުންނަށް މަރުޙަބާ ދެންނެވުން: ފޮޓޯ_ މިލަންދޫ ކައުންސިލް ރަސްމީ ފޭސްބުކް ޕޭޖް
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކައުންސިލުން އިންތިޒާމުކުރި އެންމެ ޚާއްޞަ އެއް ހަރަކާތަކީ މުދައްރިސުންގެ ޝަރަފުގައި ބޭއްވި ފުރިހަމަ ޖާފަތެވެ. ކުލަގަދަ އަދި އެހާމެ ހިތްގައިމު މާހައުލެއްގައި ކުރިއަށްދިޔަ މި ޖާފަތަކީ މުދައްރިސުންގެ މެދުގައި އޮތް އެކުވެރިކަން އާލާވެ، ކައުންސިލުގެ ފަރާތުން މުދައްރިސުންނަށް ދޭ އަހައްމިއްޔަތުކަން ވަރަށް ބޮޑަށް ހާމަވެގެންދިޔަ އުފާވެރި ވަގުތުކޮޅެކެވެ. މި ޖާފަތުގެ ސަބަބުން މުދައްރިސުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަކަން ފާހަގަކުރެވުނެވެ.
1000017473
ކައުންސިލުން އިންތިޒާމުކުރި އެންމެ ޚާއްޞަ އެއް ޙަރަކާތް ކަމުގައިވާ މުދައްރިސުންގެ ޝަރަފުގައި ބޭއްވުނު ފުރިހަމަ ޖާފަތް: ފޮޓޯ _ މިލަންދޫ ކައުންސިލް ރަސްމީ ފޭސްބުކް ޕޭޖް
މިލަންދޫ ކައުންސިލުން ހާމަކުރެއްވި ގޮތުގައި، ގައުމެއް ބިނާކުރުމުގެ އެންމެ މުހިންމު އަސާސަކީ މުދައްރިސުންނެވެ. އަދި މިލަންދޫގެ ދަރިވަރުންނަށް އުނގަންނައިދީ، އަޚްލާގީ ގޮތުން ފުރިހަމަ ޖީލެއް ބިނާކުރުމަށް މިލަންދޫ ސްކޫލުގެ މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތަށް ކައުންސިލާއި މުޅި ރަށުގެ ރައްޔިތުންގެ ނަމުގައި ކައުންސިލުން ވަނީ ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ