އެލްފޯ ކަޕް މިރޭ ފަށަނީ!

Dhanews Logo

އެލްފޯ ކަޕް މިރޭ ފަށަނީ!

Bc

އެލްފޯ ކަޕް މިރޭ ފަށަނީ!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ. މަގޫދޫ ޒުވާނުންގެ ކުލަބުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އެލްފޯ ކަޕް ފުޓްސަލް މުބާރާތް މިރޭ އެރަށުގައި ފަށާނެއެވެ. މި މުބާރާތް މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މި މުބާރާތުގައި ޖުމުލަ 10 ޓީމު ވަނީ ބައިވެރިވެފައެވެ.  މީގެ ތެރޭގައި ހިމެނެނީ ފ. މަގޫދޫއަށް ނިސްބަތްވާ  ސީއެސް ސްޕޯޓްސް (ސްކޯޕިއަން) އާއި، ފައުޒް ސްޕޯޓްސް ކުލަބާއި ފައުޒް ނިއުޖެނެރޭޝަނާއި، އޭ އެމް ޑީ އަދި ޕަވަރ އެޓޭކެވެ. މީގެ އިތުރުން ފ. ބިލެއްދޫއަށް ނިސްބަތްވާ އެފްސީ ޒަލްޒަލާ އާއި ފ. ދަރަނބޫދޫގެ ޓީމުތައް ކަމުގައިވާ ބީސީ 2030، ގަޓްސިޓީ އާއި އޭކްސް ސްޕޯޓްސް ކުލަބުގެ އިތުރުން ބީސީ ސްޕޯޓްސް ކުލަބް ހިމެނެއެވެ.

މީގެ ތެރެއިން ބީސީ ސްޕޯޓްސް ކުލަބަކީ މި މުބާރާތް އެންމެ ފަހުން ބޭއްވުނު ދެ އަހަރުގައިވެސް ޗެމްޕިއަންކަން ހޯދި ޓީމެވެ. އެހެން ކަމުން މިއަހަރުގެ މުބާރާތަށް އެޓީމު ނިކުންނާނީ ޖެހިޖެހިގެން ތިންވަނަ ފަހަރު ޗެމްޕިއަންކަން ހޯދުމުގެ ޢަޒުމުގައެވެ.

މިއަހަރު ބާއްވާ އެލްފޯކަޕް ގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިންނާއި އަރަމުން އަންނަ ހުނަރުވެރި ފުޓްސަލް ކުޅުންތެރިންގެ އިތުރުން ފ. އަތޮޅުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ފެނިގެންދާނެވެ. މީގެ ތެރޭހައި އަލީ ޝިޔާހު (ޝިޔަޅޭ)، މުހައްމަދު ވިލްފް، އިސްމާއިލް ވަޖީހް (ވައްޖެ) ގެ އިތުރުން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ފާހަގަކޮށްލެވޭ މޮޅުކުޅުމެއް ދެއްކި ކުޅުންތެރިންތަކެއް ހިމެނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ ފ. މަގޫދޫ ފައުޒް ނިއު ޖެނެރޭޝަނާއި ފ. ދަރަނބޫދޫ ގަޓް ސިޓީއެވެ. މިރޭގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ފ. ބިލެއްދޫ އެފްސީ ޒަލްޒަލާއާއި ފ. މަގޫދޫ ސްކޯޕިއަންއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން ފ. ނިލަންދޫއިންވެސް ތިން ޓީމު ބައިވެރިކޮށްފައިވެއެވެ. އެހެންނަމަވެސް ކުޅިވަރުގެ ބޭރުން ނިލަންދޫ އަދި މަގޫދޫ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިގެން ދިއުމާއި ގުޅިގެން ނިލަންދޫ ޓީމުތަކުންވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ވިސްނުން ދޫކޮށް ނަން ނަގާފައެވެ.

އެލްފޯ ކަޕްގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާއިރު، ރަނަރަފް ޓީމަށް ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ކަނޑައަޅާފައެވެ. މި މުބާރާތުގެ ސްޕޮންސާރ އަކީ ފ. މަގޫދޫ ކައުންސިލެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި