ކުޅިވަރު

ފާފު އެކަޑަމީ ލީގު: މަގޫދޫއިން ހޯމްގައި ރަނގަޅު ނަތީޖާތަކެއް ހޯދިއިރު ޚައިރަށްވެސް ކާމިޔާބު ދުވަހެއް

687976106 122304189266224370 8038464128320999106 n
Liyuntherikan
ID Card
އިޝްތިހާރު

ފާފު އަތޮޅާއި ދާލު އަތޮޅުގެ ބައެއްރައްތަކުގެ ކުޅިވަރު އެކަޑަމީތަކުގެ މެދުގައި ބާއްވާ ”ފާފު އެކަޑަމީ ލީގު“ ގެ ދެވަނަ ދުވަހުގެ މެޗުތައް އިއްޔެ ކުޅެވިއްޖެއެވެ. މި މުބާރާތުގެ ދެވަނަ ދުވަހު ނިލަންދޫ އާއި މަގޫދޫގައި ފޯރިގަދަ މެޗުތަކެއް ވަނީ ކުރިއަށް ގޮސްފައެވެ.

ނިލަންދޫގައި ކުޅުނު މެޗުތައް:
ފ. ނިލަންދޫގައި ބައްދަލުކުރީ ދަރަނބޫދޫ ޚައިރު ސްޕޯޓްސް އެކަޑަމީ އާއި ނިލަންދޫ މައްޖުސަރ އެކަޑަމީއެވެ. މި ބައްދަލުވުމުގެ ހުރިހާ މެޗެއް ކާމިޔާބުކުރީ ޚައިރު ސްޕޯޓްސް އެކަޑަމީއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

14 އަހަރުން ދަށުގެ އޭ ޓީމުގެ މެޗު 1-0 އިން ޚައިރު ސްޕޯޓްސް ކާމިޔާބުކުރިއިރު، ބީ ޓީމުގެ މެޗު އެ އެކަޑަމީން ކާމިޔާބުކުރީ 4-0 ގެ ބޮޑު ތަފާތަކުންނެވެ. މި އުމުރުފުރާގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޚައިރު ސްޕޯޓްސް އެކަޑަމީގެ ޒަހިލް ހަސަން ޒާހިރު އެވެ.

12 އަހަރުން ދަށުގެ އޭ ޓީމުގެ މެޗުގައި ޚައިރު ސްޕޯޓްސް އިން ވަނީ 8-0 އިން މައްޖުސަރ އެކަޑަމީ ބަލިކޮށްފައެވެ. އަދި ބީ ޓީމުގެ މެޗު 1-0 އިން ކާމިޔާބުކުރީވެސް ޚައިރު ސްޕޯޓްސް އެކަޑަމީއެވެ. މި އުމުރުފުރާގެ މޮޅު ކުޅުންތެރިއަކީ ޚައިރު ސްޕޯޓްސް އެކަޑަމީގެ އިޒްޔާން ހުސެއިން އިބްރާހީމް އެވެ.

685666073 122304187388224370 5561324486436002997 n

މަގޫދޫގައި ކުޅުނު މެޗުތައް:
ފ. މަގޫދޫގައި ބައްދަލުކުރީ މަގޫދޫ ކައުންސިލް އެކަޑަމީ އާއި ބަނޑިދޫ މައިސަން އެކަޑަމީއެވެ.

14 އަހަރުން ދަށުގެ އޭ ޓީމުގެ މެޗު 4-1 އިން މަގޫދޫ ކައުންސިލް އެކަޑަމީ ކާމިޔާބުކުރިއިރު، ބީ ޓީމުގެ މެޗުވެސް 1-0 އިން ކާމިޔާބުކުރީވެސް މަގޫދޫ ކައުންސިލް އެކަޑަމީއެވެ. މި އުމުރުފުރާގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަގޫދޫ ކައުންސިލް އެކަޑަމީގެ މުޙައްމަދު އަޒާން ބިން އަރީންއެވެ.

12 އަހަރުން ދަށުގެ އޭ ޓީމުގެ މެޗު 0-0 އިން އެއްވަރުވިއިރު، ބީ ޓީމުގެ މެޗު 2-0 އިން ކާމިޔާބުކުރީ މަގޫދޫ ކައުންސިލް އެކަޑަމީއެވެ. މި އުމުރުފުރާގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މައިސަން އެކަޑަމީގެ މުޙައްމަދު ހާމިޒް ހަސަން ހަނީފެވެ.

684949320 1272661338329067 6264819602919410301 nފޮޓޯ: މަގޫދޫ ކައުންސިލް

ކުރިއަށް އޮތް މެޗް ދުވަސް:
އެކަޑަމީ ލީގުގެ މެޗްތައް ދެންކުޅެވޭނީ މެއި މަހުގެ 22 ވާ ހުކުރުދުހުގައެވެ. އެދުވަހު ބަނޑިދޫގައި ދަރަނބޫދޫ ޚައިރު ސްޕޯޓއް އެކަޑަމީއާއި ބަނޑިދޫ މައިސަން އެކަޑަމީބައްދަލުކުރުމަށްހަމަޖެހިފައިވާއިރު  ނިލަންދޫގައި ކުޅޭނީ މަގޫދޫ ކައުބްސިލް އެކަޑަމީ އާއި ނިލަންދޫ މައްޖުސަރ އެކަޑަމީބައްދަލުކުރާމެޗްތަކެވެ. މި މެޗްތަކާއެކު ލީގުގެ ފުރަތަމަބުރުގެ ކުޅުން ނިމޭނެއެވެ.

ލީގުގެ ދެވަނަ ދުވަހުގެ ކުޅުން ނިމުނުއިރު ދެއުމުރުފުރާއިންވެސް ތާވަލުގެ އެންމެކުރީގައި އޮތީ ޚައިރު ސްޕޯޓްސް އެކަޑަމީއެވެ. ވަރަށްގާތުން ދެވަނާއިގަ ވާދަކުރަނީ މަގޫދޫ ކައުންސިލް އެކަޑަމީއެވެ. 14 އަހަރުން ދަށުގެ ބައިގައި ޚައިރަށް ކުރިލިބެނީ މަގޫދޫއާ ޕޮއިންޓުން އެއްވަރުވެ އެންމެ ލަނޑެއްގެ ތަފާތުންނެވެ. 12 އަހަރުން ދަށުގެ ބައިގައި ޚައިރަށް ކުރިލިބެނީ ޖުމުލަ 8 ޕޮއިންޓާއިއެކު 2 ޕޮއިންޓުގެ ތަފާތަކުންނެވެ. މިހާތަނަށް ކުޅެވުނު މެޗްތަކާއި ނަތީޖާތަކަށް ބަލާއިރު ކުރިއަށްއޮތްތާގައި ލީގުގެ ވާދަވެރިކަން ބޮޑުވެ ފޯރިގަދަވާނެކަމަށް ބެލެވެއެވެ.

މި ލީގަކީ ކުޑަކުދިންގެ މެދުގައި ފުޓުބޯޅައިގެ ހުނަރު އިތުރުކޮށް، އެކުވެރިކަން އާލާކުރުމާއި ކުޅިވަރުގެ ތެރެއިން ކުދިންނަށް ރިވެރި އަޚްލާޤާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ސަރަހައްދުގެ އެކަޑަމީ ތަކުންކުރާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުގައި ކުރިއަށްގެންދާ ޚާއްސަ މުބާރާތެކެވެ. މިއީ ނިލަންދޫ މައްޖުސަރ އެކަޑަމީ އިން އިސްނަގައިގެން ސަރަހައްދުގެ އެކަޑަމީތަކާއި ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)