ކުޅިވަރު

ޑީއެސް އިން ބަނޑިދޫ ސްކޫލާއެކު ފުޓްސަލް މެޗެއް ކުޅެފި

3 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
DSBS
ID Card
Liyuntherikan
އިޝްތިހާރު

ދަރަނބޫދޫ ސްކޫލުގެ ދަރިވަރުންނާއި ދ. ބަނޑިދޫ ސްކޫލުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަމުގެ ފުޓްސަލް މެޗެއް މިއަދު ކުޅެފިއެވެ.

ބަނޑިދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗް 1-3 ގެ ނަތީޖާއިން ކާމިޔާބުކުރީ ދަރަނބޫދޫ ސްކޫލެވެ. ކޯޗް އަޒްޚާން ޚަލީލްގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދަރަނބޫދޫ ސްކޫލުގެ ދަރިވަރުން ކުޅުނު މި މެޗްގައި ޑީއެސް ގެ 3 ލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ ޓީމުގެ ކެޕްޓަން މުޒްދާން ޙަސަނެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި މެޗް ބަލާލުމަށް ބަނޑިދޫއަށް ދިއުމުގެ ފުރުސަތު ދަރަނބޫދޫ ސްކޫލުން އެސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހުޅުވާލިއެވެ. އެގޮތުން ޓީމުގެ ކުޅުންތެރިންގެ އިތުރުން މެޗް ބަލާލުމަށް ގިނަ ސަޕޯޓަރުން ބަނޑިދޫއަށް ދަތުރު ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ދަރަނބޫދޫއިން ދަތުރު ކުރި ފަރާތްތަކަށް ބަނޑިދޫ ސްކޫލުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާ އެފަރާތްތަކުގެ ކެއުމާއި އެހެނިހެން އިންތިޒާމްތައް ހަމަޖައްސަވާ ދެއްވާފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)