ކުޅިވަރު

ޖަޒީރާލީގު24: އެންމެ ފަހުގެ ޗެމްޕިއަން ބަލިކޮށް ވެސްޓުން ފެށުން ރަނގަޅުކޮށްފި

1 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
485366400 502709452910821 949772712643803218 N
ID Card
Liyuntherikan
އިޝްތިހާރު

ފުއްޓަރު ސްޕޯޓްސްގެ ޖަޒީރާ ލީގު 2024 ގެ ދެވަނަ މެޗުގައި، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބީސީ ސްޕޯޓްސް ބަލިކޮށް ވެސްޓް ސިޓީން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

މިރޭ ކުޅެވުނު މި މެޗު ވެސްޓް ސިޓީން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއިންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރިކަން ފެނިގެން ދިޔަ މި މެޗުގައި ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ލީޑު ނެގީ ވެސްޓް ސިޓީންނެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ޖެހީ ވެސްޓް ސިޓީގެ ލުގުމާނު އަލީއެވެ. އެ ޓީމުގެ ސާއިން އަލީވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައެވެ. ބީސީ ސްޕޯޓްސް ކުލަބުގެ ސާޖިދު މި މެޗުގައި 2 ލަނޑު ކާމިޔާބުކުރި އިރު އެޓީމުގެ މައީޝް މަޙްމޫދުވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ

މި މުބާރާތުގައި ވެސްޓް ސިޓީގެ ދެވަނަ މެޗު މާދަމާރޭ އޮންނާނެއެވެ. މި މެޗުގައި އެޓީމު ބައްދަލުކުރާނީ މިރޭ ސުޕަގަޓާއި ބައްދަލުކޮށް މޮޅުވި އޭކްސް ސްޕޯޓްސް ކުލަބާއެވެ. ބިސީ ސްޕޯޓްސްގެ ދެވަނަ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭގައެވެ. އެ މެޗުގައި ބީސީން ނިކުންނާނީވެސް އޭކްސް އާ ދެކޮޅަށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)