ކުޅިވަރު

މެޗު ދުވަސް 5: ފިރިހެން ޑިވިޝަން ނިލަންދޫއަށް އަންހެން ޑިވިޝަން މަގޫދޫއަށް

1 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
Magnil
Liyuntherikan
ID Card
އިޝްތިހާރު

ފާފު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ނިލަންދޫން ކުޅުނު ދެވަނަ މެޗުވެސް އެޓީމުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި މިއަދު އޮތީ މަގޫދޫ އަދި ނިލަންދޫގެ މެޗުތަކެވެ.

މިއަދު ހަވީރު ކުޅެވުނު ފިރިހެން ޑިވިޝަންގެ މެޗުތަކުގެ ސެޓުތަކަށް ބަލާލާއިރު ހުރިހާ ސެޓެއްވެސް ނިމިފައިވަނީ ވަރަށްވެސް ވާދަވެރިކޮށެވެ. އެގޮތުން ފުރަތަމަ ސެޓް 25-21 އިން އަދި ދެވަނަ ސެޓް 29-27 އިން ނިލަންދޫ ކާމިޔާބުކުރިއިރު ތިންވަނަ ސެޓުގައި މަގޫދޫ މޮޅުވެފައިވަނީ 25-22 އިންނެވެ. ހަތަރުވަނަ ސެޓުގައިވެސް ދެޓީމުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ވާދަވެރި މޮޅު ކުޅުމެކެވެ. މިސެޓް ނިލަންދޫން ކާމިޔާބުކުރީ 28-26 އިންނެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި މެޗުވެސް ކުޅެވިފައި މިވަނީ މޫސުން ގޯސް ދުވަހެއްގައި ނަމަވެސް، ނިލަންދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ މެޗު ބަލާލުމަށް މަގޫދޫއަށް ދަތުރު ކޮށްފައެވެ.

މި މެޗުގައި މަގޫދޫގެ ސެޓަރު ނަދީމަށްވަނީ އަނިޔާވެފައެވެ. ނަދީމަކީ މިދިޔަ އަހަރުގެ މިމުބާރާތް ނިލަންދޫން ކާމިޔާބުކުރި އިރު އެޓީމުގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ނިލަންދޫއަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދީ، މޮޅުކުޅުމެއް ދެއްކި އެޓީމުގެ ކެޕްޓަން، ޖާޒީ ނަމްބަރު 14 އިބްރާހީމް އަތޫފެވެ.

މި މުބާރާތުގައި މިރޭ ކުޅެވުނު އަންހެން ޑިވިޝަނުގެ މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މަގޫދޫންނެވެ. ސީދާ ތިން ސެޓުން މި މެޗު މަގޫދޫން ކާމިޔާބު ކުރިއިރު، ފުރަތަމަ ސެޓް ނިމިފައިވަނީ 25-22 އިންނެވެ. ދެވަނަ ސެޓް 25-12 ގެ ތަފާތަކުން މަގޫދޫން ކުރިހޯދިއިރު، ތިންވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 25-20 އިންނެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަގޫދޫ ޓީމުގެ ސެޓަރު ޒުނާހާ އަހުމަދެވެ.

މި ނަތީޖާއާއެކު މަގޫދޫ އަންހެން ޓީމުވަނީ އެއް މެޗުން މޮޅުވެ އަދި އެއް މެޗުން ބަލިވެފައެވެ. އެޓީމު ބަލިވެފައިވަނީ ދަރަނބޫދޫއާ ވާދަކުރި މެޗުގައި 3 ސެޓު 1 ސެޓުންނެވެ. މިރޭގެ މެޗުން ނިލަންދޫ ބަލިވެފައި ވީނަމަވެސް އެޓީމުވެސް ވަނީ 1 މެޗުން މޮޅުވެފައެވެ. އެޓީމު މޮޅުވެފައިވަނީ ބިލެއްދޫއާއެކު ކުޅެން އޮތް މެޗު ނުކުޅެ ދޫކޮށްލުމުން ސީދާ ތިން ސެޓު ލިބިގެންނެވެ.

ފާފު ވޮލީ މުބާރާތުގެ ހަވަނަ ދުވަހުގެ މެޗުތައް މާދަމާވެސް އޮންނާނެއެވެ. މާދަމާގެ މެޗުތަކުގައި ބައްދަލުކުރާނީ ފީއަލި އަދި މަގޫދޫގެ ދެ ޑިވިޝަނުގެ ޓީމުތަކެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)