ދިޔޯކަޕް ފަށައިފި. ފުރަތަމަ ދުވަހުގެ މެޗުތައް ބީސީ އަދި އެޑަށް!

Dhanews Logo

ދިޔޯކަޕް ފަށައިފި. ފުރަތަމަ ދުވަހުގެ މެޗުތައް ބީސީ އަދި އެޑަށް!

1.1

ދިޔޯކަޕް ފަށައިފި. ފުރަތަމަ ދުވަހުގެ މެޗުތައް ބީސީ އަދި އެޑަށް!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

އޭކްސް ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށް އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ދިޔޯކަޕް 2024” ވޮލީ މުބާރާތް މިއަދު ހަވީރު ފަށައިފިއެވެ.

މުބާރާތް ފެއްޓެވުމުގެ ގޮތުން އޭކްސް ސްޕޯޓްސް ކުލަބުންވަނީ ޚާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި ދިޔޯކަޕްގައި ބައިވެރިވެފައިވާ ޓީމުތަކުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނާއި މުބާރާތުގެ އެކިއެކި ސްޕޮންސަރުންވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތު ފައްޓަވައިދެއްވީ ޝަރަފްވެރި މެހެމާނުގެ ގޮތުގައި ވަޑައިގެންނެވި، ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އާމިރާ އިސްމާޢީލެވެ. މިރަސްމިއްޔާތުގައި މުބާރާތަށް ޚާއްސަ ލަވަޔާއެކު ނެށުމުގެ ޙަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރަސްމިއްޔާތަށްފަހު މުބާރާތުގެ ފުރަތަމަ މެޗުގެ ކުޅުން ކުރިއަށް ގެންގޮސްފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ބީސީ ސްޕޯޓްސް އަދި އެޑިއަންސްއެވެ. ބީސީ ސްޕޯޓްސްއިން މި މެޗު ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ. މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ބޯކޮށް ވާރޭވެހެން ފެށުމުން ރެފްރީންވަނީ މެޗް މެދުކަނޑާލާފައެވެ. އޭގެ ފަހުން ދެޓީމުންވެސް މެޗުކުރިއަށް ގެންދިއުމަށް ނިންމުމުން، މެޗުގެ ބޮޑުގައި ކުޅެފައިވަނީ ވިއްސާރައިގެ ތެރޭގައެވެ. މިމެޗުގެ ކުއީންއަކަށް ހޮވިފައިވަނީ ބީސީ ސްޕޯޓްސްގެ ރަށުން ބޭރު ކުޅުންތެރިޔާ މިޝްކާ ޢަބްދުލް ޙަލީމެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކޮށްފައިވަނީ އެސޯސިއޭޝަން ފޮރ ވެސްޓް ޔުނައިޓެޑް (އޭޑަބްލިއުޔޫ) އާއި އެޑް ޖަމްޢިއްޔާއެވެ. އެޑުންވަނީ ފަސޭހަކަމާއެކު ސީދާ 3 ސެޓުން މިމެޗު ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ކުއީންއަކަށް ހޮވިފައިވަނީ އެޑް ޖަމްޢިއްޔާގެ ފަޟްލާ މުޙައްމަދެވެ.

މި މުބާރާތުގައި މާދަމާވެސް ދެމެޗު ކުޅެވޭނެއެވެ. އެގޮތުން ފުރަތަމަ މެޗުގައި މާދަމާ ހަވީރު 16:15 ގައި ބައްދަލުކުރާނީ އެޑިއަންސް އަދި އޭޑަބްލިއުޔޫއެވެ. ދެވަނަ މެޗުގައި މާދަމާރޭ 20:15 ގައި ބައްދަލުކުރާނީ އޭކްސް ސްޕޯޓްސް ކުލަބް އަދި ބީސީ ސްޕޯޓްސްއެވެ.

ދިޔޯކަޕް 2024 ގެ ހުރިހާ މެޗެއްގެ ލައިވް ކަވަރޭޖް ދަނިއުސް މީޑިއާއިން ގެނެސް ދެވޭނެއެވެ. ދަނިއުސްއަކީ މިމުބާރާތުގެ ގޯލްޑް ސްޕޮންސަރ އަދި މީޑިއާ ޕާޓްނަރެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި