ކުޅިވަރު

ކޯޗް ސޮފްވާންގެ ތަޢުރީފްވެސް ދަނިއުސްއަށް.

2 އަހަރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
ސޮފއ
Liyuntherikan
ID Card
އިޝްތިހާރު

އެމްޕީ ދޮންބިލެތް އެމްޒެޑްސީ ލޭޑީސް ކަޕް 2023 ގެ މެޗުތައް ކަވަރު ކުރި މީޑިއާ ޕާރޓްނަރ ”ދަނިއުސް“ ގެ މަސައްކަތަށް ކޯޗު ސޮފްވާން ތަޢުރީފު ކޮށްފިއެވެ. ސޮފްވާނަކީ މި މުބާރާތް ކާމިޔާބުކުރި އެޑް ޖަމްޢިއްޔާގެ ކޯޗެވެ. އަދި މި މުބާރާތުގައި ޓީމަށް އެންމެ ފައިދާ ހޯދައި ދިން ކޯޗަކަށްވެސް ހޮވިފައިވަނީ ސޮފްވާނެވެ.

މުބާރާތުގެ ފައިނަލް މެޗަށްފަހު ”ދަނިއުސް“ އަށް ދެއްވި ކުރު އިންޓަވިއު އެއްގައި ސޮފްވާން ވިދާޅުވީ ދަނިއުސްއިން ކޮށްފައިވާ މަސައްކަތަކީ މި މުބާރާތް އިތުރަށް ފުޅާކުރުމަށާއި ފ. އަތޮޅުގައިތިބި ވޮލީ ކުޅުންތެރިންގެ ހުނަރު ދިވެހި ރާއްޖޭގެ ވޮލީއާއި ބެހޭ އިދާރާތަކަށް އަދި މުޖުތަމަޢުގެ އެންމެނަށް ފެންނާނެ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެކަމަށްޓަކައި ދަނިއުސް ޓީމުން ކުރަމުން ގެންދިޔަ ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

ސޮފްވާން އިތުރަށް ވިދާޅުވީ ސްޕޮންސަރަކާއި ނުލައި ވޮލީ މުބާރާތެއް ކަވަރުކޮށް ޚަބަރު ފެތުރުމަށް ދަނިއުސްއިން ކުރަމުން ދިޔަ ބުރަ މަސައްކަތްފެނި ވަރަށް ސަޕްރައިޒްވި ކަމަށާއި ކުރިއަށް އޮތްތަނުގައި ދަނިއުސް ޓީމުގެ މަސައްކަތްތަކަށް އެކިފަރާތްތަކުން ސްޕޮންސާރގެ އެހީ ދީގެން މަސައްކަތްކުރާތަން ފެނުމަކީ އުއްމީދެއް ކަމަށެވެ. އަދި މި މަސައްކަތުގައި އިތުރު ކުރިއެރުން ދަނިއުސްއިން ހޯދާތަން ދެކެން ބޭނުންކަމަށް ސޮފްވާން ވިދާޅުވިއެވެ.

ދަނިއުސްއަށް ދެއްވި ކުރު އިންޓަވިއުގައި ސޮފްވާން ވިދާޅުވީ މިފަދަ މުބާރާތެއް އިންތިޒާމްކޮށް ކުރިއަށް ގެންދިޔަކަމަށްޓަކައި ފ. މަގޫދޫ ޒުވާނުންގެ ކުލަބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކޯޗުގެ އިރުޝާދުގެ ދަށުން ޓީމުން ހޯދި ކާމިޔާބީއަކީ ކުޅުންތެރިންގެ ހިތްވަރާއި މެނޭޖްމަންޓުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި ލިބުނު ކާމިޔާބީއަށް ޙަމްދުކުރާ ކަމުގައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ މުބާރާތްތަކެއް އަތޮޅު ފެންވަރުގަޔާއި ޤައުމީ ފެންވަރުގައިވެސް އަތޮޅު ތެރޭގައި ކުޅޭތަން ފެނުމަކީ ވަރަށް ބޮޑަށް އުއްމީދު ކުރާކަމެއް ކަމުގައި ސޮފްވާން ވިދާޅުވިއެވެ.

މިއީ ފ. މަގޫދޫ ޒުވާނުންގެ ކުލަބުން އިންތިޒާމްކުރަމުން އަންނަ މި މުބާރާތުގައި ކޯޗެއްގެ ގޮތުގައި ސޮފްވާން ފެނިގެން ދިޔަ ދެވަނަ ފަހަރެވެ. އެގޮތުން 2018 ވަނަ އަހަރު އެޑްޖަމްޢިއްޔާއިން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެޓީމުގެ ކޯޗަކަށްވެސް ހުންނެވީ ސޮފްވާނެވެ. އަދި އެ އަހަރުވެސް ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކީވެސް ސޮފްވާނެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)