ކުޅިވަރު

ޖަޒީރާ ލީގު 2023: އެޑުން ފަހަތުން އަރައި ގަޓާއި ހަމަކޮށްފި! މެޗުގައި ހަމަނުޖެހުން

2 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
6
Liyuntherikan
ID Card
އިޝްތިހާރު

ފުއްޓަރު ސްޕޯޓްސް ޖަޒީރާ ލީގު 2023 ގައި މިރޭ ގަޓް ސިޓީއާއި އެޑް ޖަމްޢިއްޔާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 9 ވަނަ މިނެޓުގައި ގަޓްސިޓީގެ އާދަމް ޖެހި ގޯލުން ލީޑު ނެގިއެވެ. އޭގެ ތިންވަރަކަށް މިނެޓު ފަހުން އެޓީމުގެ މަހްފޫޒުވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މެޗުގެ ދެވަނަ ހާފްގެ ކުޅުން ފަށައިގެން 20 ސިކުންތުގެ ތެރޭގައި އެޑްގެ އަލީ ނަސީރުވަނީ އެޓީމަށް ގޯލެއް ކާމިޔާބު ކޮށް ދީފައެވެ. މިއީ ބަކުރު ދިން ޕާހަކުން ޖެހި ގޯލެކެވެ. މި ގޯލާއެކު މެޗުގެ ފޯރި ވަރަށްބޮޑަށް ގަދަވެގެން ދިޔައެވެ.

ގިނަ ފައުލްތަކެއް ފެނިގެން ދިޔަ މި މެޗުގެ ތެރެއިން އެޑް ޖަމިއްޔާގެ އަބޫބަކުރު ކުޅުމުގެ ތެރެއިން ގަޓްސިޓީގެ ކުޅުންތެރިއަކަށް ދިން ހަމަލާއަކާ ގުޅިގެން މެޗުގެ އޮއިވަރު ހޫނުވެ ހަމަނުޖެހުމެއް ހިނގައި ދިޔައެވެ. މި ހަމަނުޖެހުމާއި ގުޅިގެން ގަޓްސިޓީގެ މަހުފޫޒާއި އެޑްގެ އަބޫބަކުރަށް ރެފްރީ ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. މީގެ އިތުރުން މި މެޗުގައި ގަޓްސިޓީގެ މުއައްލިމާއި އާދަމް އަށްވެސް ރެފްރީ މި މެޗުގައި ކާޑު ދައްކާފައިވެއެވެ.

އެޑް ޖަމްޢިއްޔާއިން މެޗު އެއްވަރު ކުރި ގޯލަކީ އެޓީމުގެ ރިޝްވާނަށް އާދަމް ކުރި ފައުލަކާއި ގުޅިގެން 5 ފައުލު ހަމަވެގެން ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ރިޝްވާނެވެ.

މި މެޗަކީ ޖަޒީރާ ލީގު 2023 ގައި އެންމެ ގިނަ ފައުލު ފެނިގެން ދިޔަ މެޗެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)