ކުޅިވަރު

ޖަޒީރާ ލީގު 2023: ގަޓް ސިޓީއިން ފަހަތުން އަރައި އޭކްސް ބަލިކޮށްފި

2 އަހަރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
2x
ID Card
Liyuntherikan
އިޝްތިހާރު

ފުއްޓަރު ސްޕޯޓްސް އިން އިންތިޒާމްކުރާ ”ޖަޒީރާ ލީގު 2023“ ގެ ދެވަނަ މެޗުގައި އޭކްސް ސްޕޯޓްސްއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ގަޓްސިޓީން މެޗު ކާމިޔާބު ކޮށްފިއެވެ.

ލީގުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ފެނުނު ފުރަތަމަ ގޯލް އޭކްސް އަށް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ މެޑޯ ދިން ޕާހަކުން ޝުއައިބެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި މެޗުގައި ގަޓްސިޓީގެ މުއައްލިމް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ގަޓްސިޓީގެ ލަނޑުތައް ޖަހާފައިވަނީ ތޮއްޔިބު ހުސައިން (ކިންގު) އަދި އާލިފް އަލީއެވެ.

މި މެޗުގެ ތެރެއިން ގަޓްސިޓީގެ މުއައްލިމަށް ކުރި ފައުލަކާއި ގުޅިގެން އޭކްސްގެ މުއައްދުއަށް ރެފްރީ ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. މިއީ މި ލީގުގައި ކުޅުނު ދެ މެޗުން ފެނިގެން ދިޔަ 3 ވަނަ ރީނދޫ ކާޑެވެ.

މި މެޗުގެ ކިންގަކަށް ހޮވިފައިވަނީ ގަޓް ސިޓީއަށް ދެ ގޯލު ކާމިޔާބުކޮށްދިން މުއައްލިމް އުމަރެވެ.

މި ލީގުގައި ގަޓް ސިޓީގެ ދެވަނަ މެޗުގައި މާދަމާރޭ ވާދަކުރާނީ މިރޭގެ ފުރަތަމަ މެޗުން ބަލިވި ވެސްޓް ސިޓީއާއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 21:30 ގައެވެ. އޭކްސް ސްޕޯޓްސް ކުލަބުގެ ދެވަނަ މެޗުއޮތީ ބުދަ ދުވަހުގެ ރޭ 20:30 ބީސީ ސްޕޯޓްއާއި ދެކޮޅަށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)