ކުޅިވަރު

ފުއްޓަރު ސްޕޯޓްސްއިން ދަރަނބޫދޫގައި 3 އޮން 3 ލީގެއް ބާއްވަނީ

3 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
61980983 435864567208474 5681563102005428224 n
ID Card
Liyuntherikan
އިޝްތިހާރު

ފުއްޓަރު ސްޕޯޓްސް އިން ”ޖަޒީރާ 3 އޮން 3 ލީގު“ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައި އިޢުލާނު ކޮށްފިއެވެ.

ދަރަނބޫދޫގައި ފުޓްބޯޅަ ކުޅޭ ކޮންމެ ޓީމަކަށް ބައިވެރިވެވޭ ގޮތަށް ހަމަޖައްސާފައިވާ މި މުބާރާތަކީ ޒުވާނުންގެ މެދުގައި ފުޓުބޯޅައަށް ލޯބިޖައްސައި ޒުވާން ކުޅުންތެރިން އުފެއްދުމަށާއި ޒުވާނުން ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހި ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ މިމުބާރާތުގައި ބައިވެރިވާ ޓީމެއްގައި ހިމެނޭނީ ގިނަވެގެން 4 ކުޅުންތެރިންނާއި 1 އޮފިޝަލެކެވެ. އެއްފަހަރާ ކުޅެން އެރޭނީ 3 ކުޅުންތެރިންނަށެވެ. ބައިވެރިވާ ކޮންމެ ޓީމަކުން 100 ރުފިޔާގެ ފީއެއް މުބާރާތް އިންތިޒާމްކުރާ ފަރާތަށް ދައްކަންޖެހެއެވެ.

މި މުބާރާތުގެ އާންމު ޤަވާއިދު އިންތިޒާމްކުރާ ފަޜާތުން އާންމުކޮށްފައިވާއިރު، އެފަރާތުން މިއަދުވަނީ މުބާރާތް ސްޕޮންސަރ ކުރަން ބޭނުންވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން 13 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޓީމު ރަޖިސްޓްރީ ކުރަންޖެހެއެވެ. ޖަޒީރާ 3 އޮން 3 ނަމުގައި ފުޓްބޯޅަ ލީގެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ކޮވިޑް 19 ގެ ފުރަބަންދަށް ފަހު އާންމުކޮށް ހުޅުވާލެވިގެން ފުޓްބޯޅަ މުބާރާތްތައް އިންތިޒާމްކޮށް ބޭއްވުން ދަރަނބޫދޫގައިވަނީ ވަރަށް ބޮޑަށް މަޑުޖެހިގެން ގޮސްފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)