ޚަބަރު

ހދ. ނެއްލައިދޫ ރައްޔިތުންގެ ބޮޑު އިންތިޒާރު ނިމުމަކަށް: ފިޓްނަސް ސެންޓަރު ހުޅުވަން ތައްޔާރު!

13 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
416621 f6a7a7e8 6
Liyuntherikan
ID Card
އިޝްތިހާރު

ހދ. ނެއްލައިދޫގައި ސަރުކާރުން ތަރައްޤީކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބޮޑުބައެއް ނިމި، އެ ސެންޓަރު ހުޅުވުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަން ހާމަކޮށްފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ މުޅި ޖުމްލަ މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ މުޅިން ފުރިހަމަކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ ޢިމާރާތުގެ އެންމެ ފަހުން ކުރަންޖެހޭ ފިނިޝިންގް މަސައްކަތްތައް ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

🔗 ތަފްޞީލް ކިޔުމަށް: [ލިންކް]

ޒަމާނީ ފަރުމާއަކަށް ބިނާކުރަމުންދާ މި ޢިމާރާތުގެ ބޭރުގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

ނެއްލައިދޫގެ ޒުވާނުންނާއި ރައްޔިތުން ދުޅަހެޔޮ ސިއްޚަތެއްގައި ބޭތިއްބުމަށާއި، ކަސްރަތާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ، ރަށުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ކުޅިވަރާއި ފިޓްނަސްއަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

މި ސެންޓަރުގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މުޅިން ނިންމައި، ރަސްމީކޮށް ހުޅުވިގެންދާނެ ދުވަހަކަށް ރަށުގެ ރައްޔިތުން މިހާރު ދަނީ  އިންތިޒާރު ކުރަމުންނެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ