ކުޅިވަރު

ޒޯން ޗެމްޕިއަންޝިޕްގައި ވާދަކުރާ ދަރަނބޫދޫ ޓީމުގެ ސްކޮޑު އިޢުލާނު ކޮށްފި

1 ގަޑިއިރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
SM 54.2
ID Card
Liyuntherikan
އިޝްތިހާރު

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެފްއޭއެމް ޒޯން ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ފ. ދަރަނބޫދޫ ޓީމުގެ ސްކޮޑު ރޭގެ ވަގުތެއްގައި އިޢުލާނު ކޮށްފިއެވެ. މި މުބާރާތުގައި ”ޓީމު ދަރަނބޫދޫ“ ގެ ގޮތުގައި ބައިވެރިވަމުން އަންނަނީ އެ ރަށުގެ ފުއްޓަރު ސްޕޯޓްސް ކްލަބުންނެވެ.

މި މުބާރާތުގެ ޒޯން ބުރު ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 15 ވަނަ ދުވަހު ދ. ކުޑަހުވަދޫގައެވެ. ދަރަނބޫދޫ ޓީމު ޒޯން މުބާރާތުން ޖާގަ ހޯދާފައިވަނީ ފ. އަތޮޅު ޗެމްޕިއަންޝިޕްގެ ރަނަރަޕް ޓީމުގެ ގޮތުގައެވެ.

މަރިޔަމްޑީ
އިޝްތިހާރު

ފުއްޓަރު ސްޕޯޓްސް ކްލަބުން އިޢުލާނުކުރި ވަރުގަދަ ސްކޮޑުގެ ކެޕްޓަނަކީ ދަރަނބޫދޫގެ ފުޓްބޯޅައިގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ކަމަށްވާ އާދަމް އަޙްމަދެވެ. މިފަހަރުގެ ޓީމުގައި ރާއްޖޭގެ ފުޓްސަލްގެ މައިދާނުގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އަތީގު އަދި ސަނޫން ވަނީ ހިމަނާފައެވެ. މީގެ އިތުރުން ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ބިދޭސީ ކުޅުންތެރިއެއްގެ ގޮތުގައި އީރާނުގެ ކުޅުންތެރިއަކު ވެސް ވަނީ މި ސްކޮޑުގައި ހިމަނާފައެވެ.

މި މުބާރާތުގައި ޓީމަށް އިރުޝާދު ދިނުމުގައި ހަރަކާތްތެރިވާނީ ކޯޗު ޢަބްދުﷲ ޒުބައިރުގެ އިތުރުން ދަރަނބޫދޫގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ސާޖިދު އިބްރާހީމެވެ.

SM 54.3
ޒޯން ޗެމްޕިއަންޝިޕްގައި ދަރަނބޫދޫ ތަމްސީލްކުރާ ޓީމު ސްކޮޑު | ފޮޓޯ: ފުއްޓަރު ސްޕޯޓްސް ކުލަބް

މ، ފ، ދ އަދި ވ ހިމެނޭ މި ޒޯން ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ފ. އަތޮޅުގެ ޗެމްޕިއަން ނިލަންދޫ އަދި ރަނަރަޕް ދަރަނބޫދޫއާއި، ދ. އަތޮޅު ޗެމްޕިއަން މާއެނބޫދޫ އަދި ރަނަރަޕް ކުޑަހުވަދޫ އާއި މ. އަތޮޅުގެ ޗެމްޕިއަން ދިއްގަރާއި އެ އަތޮޅުގެ ރަނަރަޕް ވޭވަށުގެ އިތުރުން ވ. އަތޮޅުން މި މުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމު ކަމަށްވާ ކެޔޮދޫއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ދަރަނބޫދޫ ހިމެނޭ ގުރޫޕުގައި އޮތީ ތިން ޓީމެވެ. އެއީ ދަރަނބޫދޫގެ އިތުރުން މ. އަތޮޅުގެ ޗެމްޕިއަން ދިއްގަރާއި ވ. ކެޔޮދޫއެވެ. މި ގުރޫޕުގައި ދަރަނބޫދޫ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 16 ވަނަ ދުވަހު ނުކުންނާނީ ދިއްގަރާ ދެކޮޅަށެވެ. އަދި ދަރަނބޫދޫގެ ދެވަނަ މެޗު އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު ކެޔޮދޫއާ ދެކޮޅަށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ