ޚަބަރު

ފ. ނިލަންދޫއަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފި

20 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
342856 3 44836202d12696bee0c40150b622cfc83fdb8631
ID Card
Liyuntherikan
އިޝްތިހާރު
ލޯންޗް ފެރީއެއްގެ ޒަރީއާއިން ފ. ނިލަންދޫއަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި، އެ ރަށު ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގަނެ، ފުލުހުން މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ސިއްރު އޮޕަރޭޝަނެއްގެ ދަށުންނެވެ. އެގޮތުން، އެ ރަށަށް ބަނދަރުކުރި ލޯންޗް ފެރީއަކުން ބޭލި ޕާރުސަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު، އޭގެ ތެރެއިން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެއެވެ.
މި މައްސަލައާ ގުޅުންހުރި ބައެއް ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި، ފެރީން ފޮނުވި މަސްތުވާތަކެތީގެ ޕާރުސަލާ ޙަވާލުވުމަށްޓަކައި ބަނދަރު ސަރަޙައްދަށް ގޮސްފައިވަނީ ފ. ދަރަބޫދޫއަށް ނިސްބަތްވާ ޒުވާން ފިރިހެނެކެވެ.
ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. މި ޙާދިސާއާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އެނގުނުގޮތުގައި، މި މައްސަލައިގެ ޖިނާއީ ތަޙުޤީޤު ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ފުޅާދާއިރާއެއްގައި ހިންގަމުންނެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތާއި ބަރުދަން ކަށަވަރުކުރުމުގެ އިތުރުން، މިކަމުގައި ބައިވެރިވި އެހެން ފަރާތްތަކެއް ވޭތޯ ބެލުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.
ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ