ކުޅިވަރު

ޑީއެސްގެ ޕީޓީއޭ ކުޅިވަރު ފެސްޓިވަލުން ކުރެދި ހައުސް ކަޓައިފި

6 ގަޑިއިރު ކުރިން އުސާމަތު މޫސާއުސާމަތު މޫސާ
825266965 1742697141193552 1154396422438706684 n
ID Card
Liyuntherikan
އިޝްތިހާރު

ދަރަނބޫދޫ ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ”ޕީޓީއޭ ކުޅިވަރު ފެސްޓިވަލް“ ގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުން ކުރެދި ހައުސް ކަޓައިފިއެވެ.

މި ސެޕްޓެމްބަރު މަހުގެ 24 ވީ އަންގާރަ ދުވަހު ފެށި މި ފެސްޓިވަލަކީ ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ. މި ފެސްޓިވަލްގެ ދަށުން ފިރިހެނުންނަށް ޚާއްޞަކޮށްގެން ފުޓްސަލް މުބާރާތެއް އަދި އަންހެނުންނަށް ޚާއްޞަކޮށްގެން ހޭންޑްބޯލް މުބާރާތެއް ކުރިއަށްދާއިރު، ކޮންމެ ކުޅިވަރެއްގައިވެސް ވާދަކުރަނީ 3 ޓީމެވެ. އެއީ ކުރެދި ހައުސް، މަދޮށި ހައުސް އަދި ހަލަވެލި ހައުސް އެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މިހާތަނަށް ކޮންމެ މުބާރާތެއްގެ ވެސް 3 މެޗު ކުޅެ ނިމިފައިވާއިރު، ފިރިހެނުންގެ ފުޓްސަލް މުބާރާތުން ކުރެދި ހައުސް ކަޓާފައިވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވުމާ ގުޅިގެންނެވެ. އެގޮތުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މަދޮށި ޓީމު އަތުން 1-2 އިން ބަލިވި އިރު، ދެވަނަ މެޗުގައި ހަލަވެލި ޓީމު އަތުން ބަލިވީ 3-9 ގެ ބޮޑު ތަފާތަކުންނެވެ. މި ބައިގައި މިއަދު ކުޅުނު މެޗުގައި ހަލަވެލި ޓީމުން ވަނީ 5-3 އިން މަދޮށި ޓީމު ބަލިކޮށްފައެވެ.

އަންހެނުންގެ ހޭންޑްބޯލް މުބާރާތަށް ބަލާއިރު، ފުރަތަމަ ދުވަހު ކުޅުނު މެޗުން ކުރެދި ހައުސް ބަލިވީ މަދޮށި ޓީމާ ވާދަކޮށް 11-2 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ދުވަހު މަދޮށި އަދި ހަލަވެލި ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެފައިވަނިކޮށް، މިއަދު ކުޅުނު ތިންވަނަ މެޗުގައި ހަލަވެލި އަތުން ކުރެދި ޓީމު ބަލިވީ 3-2 ގެ ހަނި ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ހޭންޑްބޯލް މުބާރާތުން ވެސް ކުރެދި ހައުސް ވަނީ ކަޓާފައެވެ.

ތިންވަނަ ދުވަހުގެ މެޗުތަކަށްފަހު، މި ފެސްޓިވަލްގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ހަލަވެލި ހައުސް އަދި މަދޮށި ހައުސް އެވެ. ފޯރިގަދަވާނެ ކަމަށް ބެލެވޭ މި ދެ މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ.

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ