ކުޅިވަރު

އަވަށްޓެރި ފުލުހުންގެ ހޭންޑްބޯލް މުބާރާތް ފަސްކުރަނީ

13 ގަޑިއިރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
SM 46.5
Liyuntherikan
ID Card
އިޝްތިހާރު

ފާފު ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ”އަވަށްޓެރި ފުލުހުންގެ ހޭންޑްބޯލް މުބާރާތް 2026“ ފަސްކުރުމަށް އެ ކުލަބުން ނިންމައިފިއެވެ.

މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުމަށް ތާވަލުކުރެވިފައި އޮތީ އަންނަ އޮކްޓޯބަރު މަހު ކަމަށް ވިޔަސް، މިހާރު ލަފާކުރެވެނީ މުބާރާތް ބޭއްވޭނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ފާފު ޕޮލިސް ކުލަބުގެ ރައީސް އަޙްމަދު ޝާފިޢު މަޢުލޫމާތު ދެއްވައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

ފ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކަށާއި ކުލަބު ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. 2025 ވަނަ އަހަރު މި މުބާރާތް ބޭއްވިފައި ނުވާތީ، މިއަހަރުގެ މުބާރާތް ފެންވަރު ރަނގަޅުކޮށް ކުލަގަދަކޮށް ބޭއްވުމަށް ކުލަބުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މުބާރާތް ފަސްކުރަން ޖެހުނު މައިގަނޑު ސަބަބަކީ އެކަށީގެންވާ ވަރަށް ޓީމުތަކުން ބައިވެރިވެފައި ނުވުން ކަމަށް މަޢުލޫމާތު ލިބެއެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު މި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހަށް ހަމަވިއިރު، ބައިވެރިވެފައިވަނީ ނިލަންދޫއަށް ނިސްބަތްވާ އެންމެ ދެ ޓީމެވެ.

ފާފު ޕޮލިސް ކުލަބުން މަޢުލޫމާތު ދޭ ގޮތުގައި، މުބާރާތް އަލުން ނޮވެމްބަރު މަހު ބޭއްވުމަށްޓަކައި މިހާރު އެކުލަވާލާފައިވާ ޤަވައިދަށް ބަދަލުތަކެއް ގެނައުމަށް ވަނީ ގަސްތުކޮށްފައެވެ. އަދި ދެވަނަ އިޢުލާނަކަށް ދާނީ ޤަވައިދަށް ބަދަލު ގެނައުމަށްފަހު، ޓީމުތަކުން ބައިވެރިވާނެ ކަމުގެ ފެހި ސިގްނަލް ލިބޭ މިންވަރަކަށް ބެލުމަށްފަހު ކަމަށާއި، އަންނަ ހަފްތާގެ ތެރޭގައި އެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ކުލަބުން ބުނެއެވެ. މުބާރާތް ބޭއްވުން ފަސްކުރި ނަމަވެސް، މި މުބާރާތަށް ގިނަ ބައެއްގެ އެއްބާރުލުން ލިބެމުންދާ ކަމަށާއި، މިހާރުވެސް ކޯ-ސްޕޮންސަރުން ލިބިފައިވާ ކަމަށް ކުލަބުން ފާހަގަކުރެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ރަނަރއަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 3000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ