ބައުވެފައިވާ މުޞްޙަފުތައް ޙުރުމަތްތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް ށ. ފޯކައިދޫ ކައުންސިލުން ފަށައިފި!

ގިނަ ދުވަސްވެ ބައުވުމުގެ ސަބަބުން ކިޔަވަން ދަތިވެ، ބޭނުންނުކުރެވޭ ޙާލަތަށް ގޮސްފައިވާ މުޞްޙަފުތަކާއި ކީރިތި ޤުރްއާނުގެ އާޔަތްތައް ލިޔެވިފައިވާ ފޮތްތައް، ޙުރުމަތްތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް ށ. ފޯކައިދޫ ކައުންސިލުން ފަށައިފިއެވެ.
ފޯކައިދޫ ކައުންސިލުން ހާމަކުރެއްވި ގޮތުގައި، ކީރިތި ޤުރްއާނަކީ މާތް ﷲ ގެ ކަލާމްފުޅު ކަމަށްވެފައި، އެ ފޮތަށް ޙުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމަކަށް ވާތީ، މި މަސައްކަތް ކުރިއަށްގެންދާނީ އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ގޮތުގެ މަތިންނެވެ.
މި މަޝްރޫޢާ ގުޅިގެން ފޯކައިދޫ ކައުންސިލުން ވަނީ ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ގޭގެއާއި، އޮފީސްތަކުގެ އިތުރުން އެހެނިހެން ތަންތަނުގައި ހުރި، ބޭނުންނުކުރެވޭ ވަރަށް ބައުވެ ހަލާކުވެފައިވާ މުޞްޙަފުތައް ކައުންސިލްގެ އިދާރާއާ ޙަވާލުކޮށްދިނުމަށް އެދިފައެވެ. މި ތަކެތި ކައުންސިލާ ޙަވާލުކުރުމުގެ އެންމެ ފަހު ސުންގަޑިއަކީ 01 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.
ކީރިތި ޤުރްއާނުގެ މާތްކަން ރައްކާތެރިކުރުމަށް ފޯކައިދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މި މުހިންމު މަސައްކަތުގައި ރަށުގެ އެންމެހައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކައުންސިލުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.















ޚިޔާލުތައް (0)