ޚަބަރު

އުކުޅަސް ހޯޕް“ އަދި ”ޚިދުމަތް“ ޖަމްޢިއްޔާ ގުޅިގެން، މާރަންދޫގައި ކާމިޔާބުކަމާއެކު ކެންވާ ޕްރޮގްރާމް ނިންމާލައިފި!

11 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
Liyuntherikan
ID Card
އިޝްތިހާރު

އުކުޅަސް ހޯޕް“ އަދި ”ޚިދުމަތް“ ޖަމްޢިއްޔާ ގުޅިގެން، ސެކްރެޓޭރިއަޓް އޮފް މާރަންދޫ ކައުންސިލާއެކު އެ ރަށުގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ކެންވާ (Canva) ފޮޓޯ އެންޑް ވީޑިއޯ އެޑިޓިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ވަކި އަދަދެއް ލިމިޓް ނުކޮށް ބޭނުންވި ހުރިހާ ފަރާތްތަކަށް ފުރުޞަތު ދީގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، އިންޓަރނެޓްގެ ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ކިޔަވައިދިނުން ކުރިއަށްގެންގޮސްފައިވަނީ ޖުމްލަ 3 ބެޗަކަށް ބަހާލައިގެންނެވެ. މާރަންދޫގެ މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުޙީބަށް ބަލައި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިތުރު ރަށްތަކެއްގައިވެސް މި ފުރުޞަތު ހުޅުވާލުމަށް ޖަމްޢިއްޔާތަކުން ވަނީ ރާވާފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

FB IMG
ކެންވާ ޕޮރޮގްރާމް: ފޮޓޯ – އުކުޅަސް ހޯޕް ރަސްމީ ފޭސްބުކް ޕޭޖު

”އުކުޅަސް ހޯޕް“ އަދި ”ޚިދުމަތް“ ޖަމްޢިއްޔާއަކީ ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކާ ގުޅިގެން ދީނީ، ތަޢުލީމީ އަދި ހުނަރުވެރި މުޖުތަމަޢެއް ބިނާކުރުމަށް ގިނަ ޙަރަކާތްތަކެއް ހިންގަމުންދާ ދެ ޖަމްޢިއްޔާއެކެވެ. މާރަންދޫގެ މި ހަރަކާތުގެ އިތުރުންވެސް، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމަޢުގެ ދީނީ ރޫޙު އާލާކުރުމަށް ”އުކުޅަސް ހޯޕް“ އިން އިސްނަގައިގެން ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސް ވަނީ މުހިންމު ޙަރަކާތްތަކެއް ހިންގާފައެވެ.

FB IMG
”ފިއުޗަރ އިމާމް ޕޮރޮގްރާމް“: ފޮޓޯ – އުކުޅަސް ހޯޕް ރަސްމީ ފޭސްބުކް ޕޭޖު

އެގޮތުން އއ. ތޮއްޑޫ ކައުންސިލާއި އެ ރަށުގެ އެކި މުއައްސަސާތަކާ ގުޅިގެން ޒުވާން އިމާމުން ބިނާކުރުމަށް ހިންގި ’ފިއުޗަރ އިމާމް ޕްރޮގްރާމް‘ ގެ ފިޤުހު ކްލާސްތައް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚް މުޙައްމަދު ޣާލިބް ނަގައިދެއްވި މި ސެޝަންތަކުގެ އިތުރުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން ޝެއިޚް ވަނީ އއ. އުކުޅަހަށްވެސް ޒިޔާރަތްކުރައްވައި ޚާއްޞަ ސެޝަންތަކެއް ކުރިއަށްގެންދަވާފައެވެ. އަދި މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ތޮއްޑޫގައި ޚާއްޞަ ދީނީ ދަރުސެއްވެސް ވަނީ ބާއްވާފައެވެ.

FB IMG
މ.މަޑުއްވަރީ ހިތްފަހި ޤުރުއާން މުބާރާތް: ފޮޓޯ – އުކުޅަސް ހޯޕް ރަސްމީ ފޭސްބުކް ޕޭޖު

މި ޙަރަކާތްތަކުގެ އިތުރުން، މުޖުތަމަޢުގައި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، މ. މަޑުއްވަރީ ކައުންސިލުން އިންތިޒާމުކުރާ ’ހިތްފަހި ޤުރުއާން މުބާރާތް ”އުކުޅަސް ހޯޕް“ އަދި ”ޚިދުމަތް“ ޖަމްޢިއްޔާއިން  ވަނީ ސްޕޮންސަރ ކޮށްދެއްވާފައެވެ.

އުކުޅަސް ހޯޕުން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް މުޖުތަމަޢަށް ފައިދާހުރި މިފަދަ ދީނީ އަދި އިޖުތިމާޢީ ޙަރަކާތްތަކަށް އެ ޖަމްޢިއްޔާގެ އެއްބާރުލުން މެދުނުކެނޑި ލިބެމުންދާނެއެވެ.

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ