ދަރަނބޫދޫ ސްކޫލުގެ ޕީޓީއޭ ކުޅިވަރު ފެސްޓިވަލް މި މަހު 24 ގައި ފަށަނީ

ފ. ދަރަނބޫދޫ ސްކޫލްގެ ބެލެނިވެރިންނާއި ޓީޗަރުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ ”ޕީޓީއޭ ކުޅިވަރު ފެސްޓިވަލް 2026“ މި މަހުގެ 24 ން 27 އަށް އެ ސްކޫލުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ކުޅިވަރު ފެސްޓިވަލްގައި ހިމެނެނީ ފިރިހެން ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ފުޓްސަލް މުބާރާތަކާއި، އަންހެން ބެލެނިވެރިންނަށް ޚާއްޞަ ހޭންޑްބޯލް މުބާރާތެކެވެ. މުބާރާތް ކުރިއަށްދާނީ ސްކޫލުގެ 3 ހައުސް ކަމަށްވާ މަދޮށި ހައުސް، ކުރެދި ހައުސް އަދި ހަލަވެލި ހައުސްގެ މެދުގައި ވާދަކުރާ ގޮތަށެވެ.
ދަރަނބޫދޫ ސްކޫލުން މަޢުލޫމާތު ދެއްވި ގޮތުގައި، ހައުސްތަކަށް ބެލެނިވެރިން ކަނޑައަޅާފައިވަނީ އެ ބެލެނިވެރިއެއްގެ ދަރިވަރު ހިމެނޭ ހައުސްއަކަށެވެ. އަދި އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާނަމަ، ބެލެނިވެރިޔާ ހިމެނޭނީ އެންމެ ދޮށީ ދަރިވަރު ނިސްބަތްވާ ހައުސްގައެވެ.
މި މުބާރާތުގައި ވާދަކުރާ ހައުސްތަކުގެ ޓީމު ލިސްޓު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެމްބަރު މަހުގެ 20 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ. ޓީމު ލިސްޓުތައް ހުށަހަޅަންޖެހެނީ ދަރަނބޫދޫ ސްކޫލުގެ އިދާރާއަށެވެ.
މިފަދަ ފެސްޓިވަލެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ސްކޫލާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ބާރުއެޅުމެވެ.












ޚިޔާލުތައް (0)