ކުޅިވަރު

އެޓޯލް ޗެމްޕިއަންޝިޕް ޒޯން ބުރުގެ ފަރިތަކުރުންތައް ދަރަނބޫދޫއިން ފަށައިފި

1 ދުވަސް ކުރިން އުސާމަތު މޫސާއުސާމަތު މޫސާ
WhatsApp Image 2026 09 18 at 10.20.08sg
ID Card
Liyuntherikan
އިޝްތިހާރު

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ޒޯން ބުރަށް ތައްޔާރުވުމުގެ ގޮތުން، ފ. ދަރަނބޫދޫ ފުއްޓަރު ސްޕޯރޓްސް ކްލަބުން ފަރިތަކުރުންތައް ރަސްމީކޮށް ފަށައިފިއެވެ.
މި މުބާރާތަށް ތައްޔާރުވަމުން އަންނަ ދަރަނބޫދޫ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މީގެ ކުރިންވެސް އެ ރަށަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ތަޖުރިބާކާރު ކޯޗު ޒުއްބައެވެ. ޒުއްބަގެ އިރުޝާދުގެ ދަށުން ޓީމުން އަމާޒު ހިފާފައިވަނީ ވަރުގަދަ ޕްރެކްޓިސްތަކަކަށްފަހު، މިފަހަރުގެ ޒޯން މުބާރާތުގައިވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކައި ރަން ވަނައެއް ހޯދުމަށެވެ.
މި އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދ. ކުޑަހުވަދޫ ފުޓްސަލް ސްޓޭޑިއަމްގައެވެ.
މި މުބާރާތުގެ ޒޯން 2 ގައި ޖުމްލަ 7 ޓީމެއް ވާދަކުރާނެއެވެ. އެ ޓީމުތަކަކީ:

ވ. އަތޮޅުގެ ޗެމްޕިއަން: ކެޔޮދޫ
މ. އަތޮޅުގެ ޗެމްޕިއަން: ދިއްގަރު
މ. އަތޮޅުގެ ރަނަރއަޕް: ވޭވަށް
ފ. އަތޮޅުގެ ޗެމްޕިއަން: ނިލަންދޫ
ފ. އަތޮޅުގެ ރަނަރއަޕް: ދަރަނބޫދޫ
ދ. އަތޮޅުގެ ޗެމްޕިއަން: މާއެނބޫދޫ
ދ. އަތޮޅުގެ ރަނަރއަޕް: ކުޑަހުވަދޫ

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ޒޯން 2 ގައި ހިމެނޭ ހުރިހާ ޓީމަކީވެސް އެ އަތޮޅުތަކުގެ އެންމެ ވަރުގަދަ ޓީމުތައް ކަމަށްވާތީ، މި މުބާރާތް ވެގެންދާނީ ފޯރިގަދަ އަދި ވާދަވެރި މެޗުތަކެއް ފެނިގެންދާނެ މުބާރާތަކަށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ