ޚަބަރު

ށ. މިލަންދޫ ކަރަންޓުގެ ޚިދުމަތަށް 26 އަހަރު: 1200 ކިލޯވޮޓްގެ ”މެގާ“ ޖެނެރޭޓަރާއެކު ޚިދުމަތަށް ބޮޑު އިންގިލާބެއް!

15 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
ID Card
Liyuntherikan
އިޝްތިހާރު

މިލަންދޫގައި ރަސްމީކޮށް ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ މިއަދަށް 26 އަހަރު ފުރުނީއެވެ!

މި ޚާއްޞަ މުނާޞަބަތާ ދިމާކޮށް، ރަށުގެ ކަރަންޓު ނެޓްވޯކް ވަރުގަދަކުރުމަށްޓަކައި 1.2 މެގަވޮޓް (1200 ކިލޯވޮޓް) ގެ އާ ޖެނެރޭޓަރެއް މިހާރު ވަނީ އިންޖީނުގެއަށް ގެނެސްފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މިއީ ރަށުގެ އާބާދީ ބޮޑުވެ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ގެނައި ބޮޑު ބަދަލެކެވެ.
މިލަންދޫގެ ކަރަންޓުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، އެންމެ ފުރަތަމަ މި ޚިދުމަތް ފެށީ 16 ސެޕްޓެމްބަރު 2000 ގައެވެ. އެ ދުވަހު ބޭނުންކުރީ 40 ކިލޯވޮޓްގެ 2 ޖެނެރޭޓަރާއި 68 ކިލޯވޮޓްގެ 1 ޖެނެރޭޓަރެވެ. ނަމަވެސް، ވޭތުވެދިޔަ 26 އަހަރުގެ ތެރޭގައި ރަށުގެ ކަރަންޓުގެ ނިޒާމު ވަނީ ވަރަށް ބޮޑަށް ތަރައްޤީކޮށްފައެވެ.

އަދި 20 އޮގަސްޓު 2026 ގައި ރަށަށް ގެނެވުނު މި އައު ޖެނެރޭޓަރަކީ މިހާތަނަށް މިރަށަށް ގެނެވުނު އެންމެ ބޮޑު ޖެނެރޭޓަރު ވެސް މެއެވެ.
އާ ޖެނެރޭޓަރާއެކު، މިހާރު ރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާނީ:

* 500kw ގެ 1 ޖެނެރޭޓަރު
* 800kw ގެ 2 ޖެނެރޭޓަރު
* 1200kw (1.2 މެގަވޮޓް) ގެ 1 ޖެނެރޭޓަރު

މި ޖެނެރޭޓަރު އިންސްޓޯލްކޮށް ޚިދުމަތަށް ނެރުމުން، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވޯލްޓޭޖް އޯވަރ ވެގެން ކަރަންޓް ކެނޑޭ ކެނޑުމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

އަދި ހޫނުގަދަ ދުވަސްވަރުގައާއި، ގިނަ މީހުން އެއްފަހަރާ ކަރަންޓު ބޭނުންކުރާ ވަގުތުތަކުގައި ވޯލްޓޭޖް ދަށްވުމުގެ މައްސަލަ ހައްލުވެ، މުޅި ރަށަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި މެދުނުކެނޑި ފޯރުކޮށްދެވޭނެއެވެ.
މީގެ އިތުރުން، ރަށުގައި އަލަށް ފަށާ ވިޔަފާރިތަކަށާއި ބޮޑެތި ޢިމާރާތްތަކަށް ބޭނުންވާ ތްރީ-ފޭސް ކަރަންޓު ވެސް ފަސޭހަކަމާއެކު ދޫކުރެވޭނެއެވެ.

މިލަންދޫގެ ކަރަންޓުގެ ހާލަތު ބަދަލުކޮށްލި މި ބިޔަ ޖެނެރޭޓަރަކީ، 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވެވަޑައިގެންނެވި ބޮޑު ވައުދުފުޅެކެވެ.

ރަށުގެ މުއައްސަސާތަކުގެ ވެރިންނާއެކު ބޭއްވި އެ ބައްދަލުވުމުގައި، ރަށުގެ ކަރަންޓުގެ މައްސަލަ ދާއިމީކޮށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެހެންކަމުން، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މި މަޝްރޫއު ހަގީގަތަކަށް ހައްދަވައިދެއްވުމުން، މިލަންދޫ ރައްޔިތުންގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ އިޚުލާސްތެރިކަމާއެކު ހޫނު ޝުކުރެއް އަރިސްކޮށްފައެވެ.

މި ޖެނެރޭޓަރު ރަށަށް ގެނައުމުގެ މަސައްކަތް އަވަސްކުރުމުގައި އެކި ގޮތްގޮތުން ބުރަ މަސައްކަތްތަކެއް ކޮށްދެއްވި މިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޙަސަން މުފީދުގެ ހިއްސާ ރަށުގެ ރައްޔިތުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ރަށުގެ ޚިދުމަތް ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ދެއްވި ހާއްޞަ ސަމާލުކަމަށްޓަކައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފު ޙުސައިނަށް ވެސް ރަށުގެ ފަރާތުން ޝުކުރު އަދާކުރެއެވެ.

ވޭތުވެދިޔަ 26 އަހަރުގެ ދިގު ތާރީޚުގައި މިލަންދޫ އިންޖީނުގެ ކުރިއެރުވުމަށް އެކި ދުވަސްވަރު މަސައްކަތް ކުރެއްވި ވެރިންގެ ޚިދުމަތް ވެސް ވަނީ ފާހަގަކޮށްފައެވެ.
ހަމައެހެންމެ، ރަށުގެ ރައްޔިތުންނަށް ދިމާވި ކޮންމެ ދަތި ވަގުތެއްގައި، ރޭގަނޑާއި ދުވާލު މެދުނުކެނޑި އިންޖީނުގޭގެ މުވައްޒަފުން ކުރި އިޚުލާސްތެރި ބުރަ މަސައްކަތްތަކަށް، މިލަންދޫ އިންޖީނުގެއިން ވަނީ ހިތުގެ އަޑިން ހޫނު ޝުކުރެއް އަދާކޮށްފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ