ކުޅިވަރު

ފ.އަތޮޅު ވޮލީ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ދަނިއުސް

2 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
ސދގ
Liyuntherikan
ID Card
އިޝްތިހާރު

ފ. އަތޮޅު ކައުންސިލުން އިސްވެ ފ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ”ފ.އަތޮޅު ވޮލީ މުބާރާތް 2023“ ގެ މީޑިއާ ޕާޓްނަރަކަށް ”ދަނިއުސް“ ހަމަޖައްސަވައިފިއެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރުކަން ކުރުމާއި ބެހޭގޮތުން ފ.އަތޮޅު ކައުންސިލުން ދެއްވި ދަޢުވަތަކަށް ދަނިއުސް ޓީމުންވަނީ މިމަހުގެ 3 ވަނަ ދުވަހު އެކައުންސިލާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުމުގައި ދެފަރާތުގެ ހުށަހެޅުންތަކަށްފަހު އެއްބަސްވުމަކަށްވަނީ އާދެވިފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި މުބާރާތަކީ ފ.އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ ނަމުގައި ބައިވެރިވެވޭ ގޮތަށް އިޢުލާނުކުރި މުބާރާތެކެވެ. އެގޮތުން ދެ ޖިންސަށް ފުރުސަތު ލިބޭގޮތަށް ކޮންމެ ކައުންސިލަކަށްވެސް ދެޓީމު ބައިވެރިކުރުމުގެ ފުރުސަތު ދީފައިވެއެވެ. ޓީމުތައް ބައިވެރިކުރުމަށް ހުޅުވާލި ފުރުސަތު 31 ޖުލައިގެ ނިޔަލަށް ހަމަވިއިރު، ބިލެތްދޫ ފިޔަވައި ކޮންމެ ރަށަކުންވެސް ވަނީ ދެ ޓީމު ބައިވެރިކޮށްފައެވެ.

މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ގޮތުގެ ތާވަލު މިހާރުވަނީ އާންމުކޮށްފައެވެ. މުބާރާތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ބައްދަލުކުރާނީ ފީއަލީ އަދި ދަރަނބޫދޫގެ ފިރިހެން ޓީމެވެ. 10 ވަނަ ދުވަހުގެ ހަވީރު 4:15 ގައި ކުޅޭ މިމެޗަށްފަހު އެރޭ 20:15 ގައި މި ދެރަށުގެ އަންހެން ޓީމު ބައްދަލުކުރާ މެޗު އޮންނާނެއެވެ.

މުބާރާތުގެ މެޗް ޝެޑިއުލް

ދެ ޖިންސަށް ވަކިން ކުރިއަށް ގެންދާ މިމުބާރާތުގައި ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެނުންގެ މެޗްތަކެވެ. އަންހެނުންނަށް ޚާއްސަކުރެވިފައިވަނީ ރޭގަނޑުގެ މެޗުތަކެވެ.

މިއީ ފ. އަތޮޅު ކައުންސިލުން އަތޮޅުތެރެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ މުބާރާތެވެ. މިމުބާރާތުގެ އެންމެހައި ކަންކަމަށް އަތޮޅު ކައުންސިލުންވަނީ 165،000 ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް 20،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރއަޕް ޓީމުތަކަށްވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައަޅާފައެވެ.

މި މުބާރާތުގެ މެޗުތައް ދަނިއުސް އިން ލައިވްކޮށް ގެނެސް ދޭނެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)