ކުޅިވަރު

ޗެމްޕިއަން އެޑް ކޮޅަށް ބީސީން ލަނޑު ފުންޏެއް!

2 އަހަރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
JL3
Liyuntherikan
ID Card
އިޝްތިހާރު

މިހާރު ކުރިއަށްދާ ޖަޒީރާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އެޑް ޖަމިއްޔާކޮޅަށް ބީސީ ސްޕޯޓްސް އިން 8 ލަނޑު ޖަހައި އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.

މި މެޗަށް ނިކުތްއިރު ދެ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއަކަށްވަނީ އަނިޔާގެ މައްސަލައެއް ކުރިމަތިވެފައެވެ. އެގޮތުން މުބާރާތް ފެށުމުގެ ކުރިން ކުޅެވުނު އެކުވެރިކަމުގެ މެޗެއްގައި ބީސީގެ ރިފާއުގެ ކަކުލު ހުޅަށް އަނިޔާވެފައިވާއިރު މިމުބާރާތުގައި ރޭ އެޑްޖަމިއްޔާއިން ކުޅުނު މެޗުގައި އެޓީމުގެ މުޙައްމަދު ނަސީރަށްވެސްވަނީ އަނިޔާވެފައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި މެޗުގެ ފަސްވަނަ މިނެޓުގައި ބީސީއަށް ފުރަތަމަ ގޯލު ޖަހައި ދީފައިވަނީ އަރަމުން އަންނަ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ރަޔާން އެވެ. ރަޔާންގެ މި ގޯލަކީ އެޑްގެ ރިޝްވާނު ދިން މިސް ޕާހެއްގެ ފައިދާ ނަގައިގެން ޖެހި ގޯލެކެވެ. ރަޔާން ވަނީ މި މެޗުގެ ފުރަތަމަ ހާފްގެ ފަހު މިނެޓުގައިވެސް ގޯލެއް ޖަހާފައެވެ.

މެޗުގެ ދެ ވަނަ ގޯލަކީ އެޑްގެ ގޯލު ކުރިމަތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ބީސީގެ ކެޕްޓަން ސާޖިދު ޖަހައިދިން ހިތްގައިމު ގޯލެކެވެ.  މި ގޯލަށްފަހު މާގިނައިރުތަކެއްނުވެ، ބީސީގެ އަޒުހާންވަނީ އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފް ނިމުނީ 4-0 ގެ ނަތީޖާއިން ބީސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިތާ 21 ވަނަ ސިކުންތުގައި ބީސީގެ މުޒްދާންވަނީ 5 ވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ 4 މިނެޓު ފަހުން މުޒްދާންގެ އިތުރު ގޯލެއް ފެނިގެން ގޮސްފައިވާއިރު، އެޑްގެ ގޯލް ކީޕަރު އަފްރާހް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ބީސީގެ ސާޖިދުވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ބީސީގެ އަޒްހާން ފޮނުވާލި ހަމަލާއެއް އެޑްގެ ގޯލުގެ މަތީ ދަނޑިއަށް އަމާޒުވިއެވެ.

ބީސީއިން 7 ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް އެޑުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ އަލީ ނަސީރެވެ. އެލަނޑަށްފަހު މާގިނައިރުތަކެއް ނުވެ، މުޒްދާންގެ އެސިސްޓަކުން ޝަޔާން ވަނީ އެޓީމުގެ 8 ވަނަ ލަނޑު ޖަހައި ޓީމުގެ ފެންވަރު ދައްކާލާފައެވެ. އެޑުން މިމެޗުގައި ޖެހި ދެވަނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗްގެ ފަހު މިނެޓްގައި ރިޝްވާނެވެ. މިއީ އެޑްގެ ހާފްތެރެއިން ރިޝްވާން ފޮނުވާލި ބޯޅައަކުން ކާމިޔާބު ކުރި ލަނޑެކެވެ.

މި މެޗުގެ ކިންގަކަށް ހޮވިފައިވަނީ ބީސީގެ ކެޕްޓަން ސާޖިދު އަޙްމަދެވެ.

މި މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށުނުތަނާހެން ރެފްރީވަނީ ބީސީގެ ރަޔާން އަށް ރީނދޫ ކާޑެއް ދައްކާފައެވެ. ގިނަ ލަނޑުތަކެއްގެ ތަފާތުން މި މެޗު ބީސީން ކާމިޔާބު ކުރިނަމަވެސް، މެޗު ފެނިގެން ދިޔައީ ވަރަށް ފޯރިގަދަކޮށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)