ކުޅިވަރު

ލެޖެންޑުންގެ ޚާއްސަ ޗެރިޓީ މެޗެއް ބާއްވަން ނިންމައިފި

2 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
357686088 746646377465305 8270764857537057796 n
ID Card
Liyuntherikan
އިޝްތިހާރު

ފުއްޓަރު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އުމުރުން 40 އަހަރުން މަތީގެ ފިރިހެނުންނަށް ޚާއްސަ ފުޓްސަލް މެޗެއް އިންތިޒާމް ކޮށްފިއެވެ.

ނިލަންދޫ އަދި ދަރަނބޫދޫގެ މީހުންނަށް އަމާޒުކުރި މި މެޗަކީ އެ ކުލަބުން އިސްވެ އިންތިޒާމްކުރި މިފަދަ ފުރަތަމަ މެޗެވެ. ފުޓުބޯޅައިގައި ޒަމާނުއްސުރެ ފޯރިއާއި ވާދަވެރިކަން އޮންނަ މި ދެރަށަށް ނިސްބަތްވާ ފުޓްބޯޅައިގެ ތަރިންނާއި ލެޖެންޑުން މި މެޗުން ފެނިގެންދާނެއެވެ. މި މެޗުން ފެނިގެންދާ ގިނަ ކުޅުންތެރިންނަކީ މިހާރު ރަސްމީކޮށް މުބާރާތްތަކުން ނުފެންނަ ފަރާތްތަކެއް ކަމުގައިވިޔަސް، ފުޓްބޯޅައިގެ މައިޒާންތަކުގައި މިހާރުވެސް ހަރަކާތްތެރި ފަރާތްތައް ތިބިކަން ފާހަގަ ކޮށްލެވެއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މެޗްގައި ވާދަކުރާ ދަރަނބޫދޫ ޓީމަށް ބަލާލާއިރު ދަރަނބޫދޫގެ ”ގޯލްޑަން ކެޕްޓަން“ ހަސަން ޒާހިރާއި، ޔޫސުފް މުޙައްމަދު، ޒުބައިރު އަދި މޫސާ އިބްރާހީމް ފަދަ ލެޖެންޑުން ތިބި އިރު އެކުޅުންތެރިންގެ ޕްރައިމްގައި މުޅި ފ.އަތޮޅު ހައިރާންކޮށްލާ ފަދަ މޮޅު ކުޅުމެއް ދެއްކި ބާސިތު އަދި އިއްބެ (ދޫނި އިއްބެ) ޓީމުގައި ހިމެނެއެވެ. މީގެ އިތުރުން އެޖީލުގެ ހުނަރުވެރި އެހެން ތަރިންވެސް ބައިވެރިވާނެކަމަށް އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފައިވެއެވެ.

ނިލަންދޫ ޓީމުގައިވެސް ހުނަރުވެރި ކުޅުންތެރިން ތިބިކަން ފާހަގަކުރަންޖެހެއެވެ. އެގޮތުން އަތޮޅު ފުޓްބޯޅައިގައި ނިލަންދޫ ލެޖެންޑުން ކަމަށްވާ އަމްޖޭ އާއި ލައްޗޭ އަދި އިއްސެމެން ފާހަގަކޮށްލެވެއެވެ.

މި މެޗް ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ދަރަނބޫދޫ ފުޓްސަލް ދަނޑުގައެވެ. މި މެޗަކީ ކުރީގެ ޖީލުގެ ކުޅުންތެރިން ޒަމާންތަކެއް ފަހުން އެއްކޮށް ކުޅެލަން ލިބޭ މެޗެއްކަމުން މިއީ ޚާއްސަ މެޗެކެވެ.

މިމެޗުން ލިބޭ އެހީ އާއި ފައިސާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ފުއްޓަރު ސްޕޯޓްސް ކުލަބުން ހަމަޖައްސާ ޗެރިޓީއަކަށް ކަމުގައި އެކުލަބުންވަނީ އިއުލާނު ކޮށްފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)