ކުޅިވަރު

ރަށްވެހި ޗެލެންޖުގައި ޚައިރުން ބައިވެރިވެއްޖެ!

1 އަހަރު ކުރިން އުސާމަތު މޫސާއުސާމަތު މޫސާ
Ksa
Liyuntherikan
ID Card
އިޝްތިހާރު

ފ. ނިލަންދޫ ރަށްވެހި ގްރޫޕުން އެރަށުގައި ބާއްވަމުން އަންނަ ރަށްވެހި ޗެލެންޖު ފުޓްބޯޅަ މުބާރާތުގައި ދަރަނބޫދޫ ޚައިރު ސްޕޯޓްސް އެކަޑެމީން ބައިވެރިވެއްޖެއެވެ. މިއީ މިއަހަރުގެ މުބާރާތުގައި ދަރަނބޫދޫއިން ބައިވެރިވި ހަމައެކަނި ޓީމެވެ.

ދަރަނބޫދޫގައި ދާދިފަހުން ރަޖިސްޓަރ ކުރެވުނު ޚައިރު ސްޕޯޓްސް އެކަޑެމީން ފުޓްބޯޅަ މުބާރާތެއްގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ. ޚައިރު ސްޕޯޓްސް އެކަޑެމީއަކީ ހުޅުމާލޭ އެޗްވައިއެސްސީ އާއި ގުޅިގެން ދަރަނބޫދޫގައި ފުޓްބޯޅައަށް ލޯބިކުރާ ޖީލެއް ބިނާކުރަމުން އަންނަ ޓީމެކެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މިމުބާރާތަށް ޚައިރުން ނިކުމެފައިވަނީ އެ އެކަޑެމީގެ ކުޅުންތެރިންނަށް ވާދަވެރި މުބާރާތެއްގައި ބައިވެރިވެ ތަޖުރިބާގެ ފުރުސަތު ހޯދައި ދިނުމަށެވެ. އެގޮތުން މުޅި ޓީމު އެ އެކަޑެމީގެ 17 އަހަރުން ދަށުގެ ކުދިންނަށް ބިނާކޮށްފައިވާއިރު ޓީމު ލީޑުކޮށް ބެލެހެއްޓުންވެސް ޙަވާލުކޮށްފައިވަނީ އެކަޑެމީގެ ހުނަރުވެރި ޑިފެންޑަރު ދާއިންއަށެވެ. އެކަޑެމީގެ ޒުވާން ޓީމާއެކު ދަރަނބޫދޫގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ސީނިއާރ ބައެއް ކުޅުންތެރިންވެސް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

ދަނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޓީމު ވަރުގަދަކުރުމަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިމުބާރާތް ބާއްވާ ދުވަސްކޮޅާއި މާލޭގައި އޮންނަ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޕްރެކްޓިސް އޮންނަ ދުވަސްކޮޅާއި ދިމާވުމެވެ. އެގޮތުން އެމުބާރާތުގެ ޕްރެކްޓިސްގައި ބައިވެރިވުމަށް ދަރަނބޫދޫގެ ސީނިއަރ ކުޅުންތެރިވަނީ މާލެއަށް ފުރާފައެވެ.

މިމުބާރާތުގައި ޚައިރުގެ އެންމެ ބޮޑުއެއް އަމާޒެއްކަމުގައިވާނީ އެކަޑެމީގެ ކުޅުންތެރިންނަށް ބޮޑު މުބާރާތެއްގައި ވާދަކޮށް ތަޖުރިބާ ލިބިގަތުމެވެ. އެގޮތަށް ބަލާއިރު ރަށް ތަމްސީލްކުރުމަށް ރަށްވެހި ޗެލެންޖުގައި މިފަހަރު ބައިވެރިވެފައިވާ ޒުވާން ޓީމަށް މިއީ ރަނގަޅު ފުރުސަތަކަށް ވެގެންދާނެއެވެ.

މި މިމުބާރާތުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)