ބީސީ ތާރީޚުގެ ތެރެއަށް! ޖެހިޖެހިގެން 3 ފަހަރު އެލްފޯކަޕް ކާމިޔާބުކުރި ފުރަތަމަ ޓީމު!

Dhanews Logo

ބީސީ ތާރީޚުގެ ތެރެއަށް! ޖެހިޖެހިގެން 3 ފަހަރު އެލްފޯކަޕް ކާމިޔާބުކުރި ފުރަތަމަ ޓީމު!

Bc

ބީސީ ތާރީޚުގެ ތެރެއަށް! ޖެހިޖެހިގެން 3 ފަހަރު އެލްފޯކަޕް ކާމިޔާބުކުރި ފުރަތަމަ ޓީމު!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ. އަތޮޅުގައި ބާއްވަމުން އަންނަ އެންމެ ގިނަދުވަސްވީ އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ‘އެލް ފޯ ކަޕް’ ގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން އަހަރު ފ. ދަރަނބޫދޫ ބީސީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މިއީ މި މުބާރާތުގެ ދިގު ތާރީޚުގައި ޓީމަކުން މި މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ހޯދި ފުރަތަމަ ފަހަރުވެސް މެއެވެ.

ފ. މަގޫދޫ ޒުވާނުންގެ ކުލަބުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ މިމުބާރާތުގެ ތަށި ބީސީން މިލްކުކުރީ މިރޭ ކުޅެވުނު ފައިނަލްގައި ސީއެސް ސްޕޯޓްސް 5-2 ގެ ނަތީޖާއިން ބަލިކުރުމަށް ފަހުގައެވެ. މި މެޗުގައި ފުރަތަމަ ގޯލެއް ޖަހައި ލީޑު ނެގީވެސް ބީސީންނެވެ. މި ލަނޑު ޖަހައިދިނީ މެޗު ފެށިގެން 3 ވަނަ މިނެޓުގައި އެޓީމުގެ އަލީ ސިޔާހުއެވެ. އޭގެ ފަސް ވަރަކަށް މިނެޓު ފަހުން ބީސީގެ މުޒްދާނުވަނީ ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

ބީސީގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިލްފްއެވެ. ހަމަ މި މިނެޓްގެ ތެރޭގައި ބީސީގެ ކެޕްޓަން ސާޖިދު ކުޅެން އަރައި ދިން އެސިސްޓަކުން ވިލްފް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ނަތީޖާ 4-0 އަށް ބަދަލު ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސްކޯޕިއަންގެ ޖާރޒީ ނަމްބަރު 4 ވަނަ ކުޅުންތެރިޔާ ވަނީ އެޓީމަށް ގޯލެއް ކާމިޔާބު ކޮށްދީފައެވެ.

ދެވަނަ ހާފް ފައްޓައިގެން ފުރަތަމަ ގޯލް ކާމިޔާބުކުރީ ސްކޯޕިއަނުންނެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. މެޗުގައި ފެނިގެން ދިޔަ އެންމެ ފަހު ލަނޑު ކާމިޔާބުކުރީ ބީސީންނެވެ. މެޗުގެ ކުޅުން ނިމެން 4 މިނެޓަށް ވެފައިވަނިކޮށް އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އައިޝަމްއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީސީ ސްޕޯޓްސް ކުލަބުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިން އަލީ ޝިޔާހް (ޝިޔަޅޭ) އެވެ. މި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ބީސީ ސްޕޯޓްސްގެ މުޒްދާން ޙަސަނެވެ. މުޒްދާން ވަނީ މި މުބާރާތުގައި 12 ގޯލް ޖަހާދީފައެވެ.

މަގޫދޫ ޒުވާނުން ކުލަބުގެ އެލްފޯކަޕް 2024 ގެ ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވީ ރީޖަނަލް އެއާރޕޯޓްސްގެ އެމްޑީ އަޙްމަދު މުބީނެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި