މުއްދަތު ހަމަވިއިރު ދިޔޯކަޕްގައި 5 ޓީމް ބައިވެރިވެއްޖެ!

Dhanews Logo

މުއްދަތު ހަމަވިއިރު ދިޔޯކަޕްގައި 5 ޓީމް ބައިވެރިވެއްޖެ!

Dhiyo

މުއްދަތު ހަމަވިއިރު ދިޔޯކަޕްގައި 5 ޓީމް ބައިވެރިވެއްޖެ!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

އޭކްސް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އަންނަ މާރޗް މަހު ބޭއްވުމަށް އިޢުލާނު ކޮށްފައިވާ “ދިޔޯކަޕް 2024” ގައި ޖުމުލަ 5 ޓީމު ބައިވެރިވެއްޖެއެވެ. މި މުބާރާތުގައި ޓީމުތައް ބައިވެރިކުރުމުގެ ސުންގަޑި ޖަނަވަރީ 31 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.

ދިޔޯކަޕްގައި ބައިވެރިވެފައިވާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ އެސޯސިއޭޝަން ފޮރ ދަރަނބޫދޫ ޑިވެލޮޕްމަންޓް (އެޑް ޖަމިއްޔާ)، ބީސީ ސްޕޯޓްސް، އޭކްސް ސްޕޯޓްސް ކުލަބު، އެސޯސިއޭޝަން ފޮރ ވެސްޓް ޔުނައިޓެޑްގެ އިތުރުން އެޑިއަންސް އެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުން ޓީމު ލިސްޓް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހު ހުޅުވާލެވޭނެކަމަށް އޭކްސް އިން މައުލޫމާތު ދެއްވާފައިވެއެވެ.

ދަރަނބޫދޫގެ އަންހެން ޓީމުތަކަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ދިޔޯކަޕް ފެށުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 1 ވަނަ ދުވަހުގައެވެ. މުބާރާތަށް ވާންޖެހޭ ތައްޔާރީތަކުގެ މުހިންމު ބައެއް ކަންކަން އަދި ހުރިއިރު، އޭކްސް އިންވަނީ އެކަމަށް ޓައިމްލައިނެއް ކަނޑައަޅާފައެވެ. އަދި އެކަންކަން ޓައިމްލައިނާއި އެއްގޮތަށް ކުރިއަށްދާކަމަށް އެކުލަބުން ވަނީ ހާމަކޮށްފައެވެ.

ދިޔޯކަޕްގެ ހުރިހާ މެޗެއްގެ ކަވަރޭޖް ދަނިއުސް އިން ގެނެސް ދިނުމަށްވަނީ ހަމަޖެހިފައެވެ. ދަނިއުސް އަކީ މިމުބާރާތުގެ މީޑިއާ ޕާޓްނަރު އަދި ގޯލްޑް ސްޕޮންސާރއެވެ. މުބާރާތް ސްޕޮންސަރ ކޮށްފައިވާ އިތުރު ފަރާތްތަކަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސް އާއި ފަގީޓޯ ހިމެނެއެވެ. މީގެ އިތުރުން އިތުރު ސްޕޮންސަރުންގެ މަޢުލޫމާތުވެސް ވަރަށް އަވަހަށް އެކުލަބުން އިޢުލާނު ކުރާނެއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި