ކުޅިވަރު

ދިޔޯކަޕް ނަމުގައި ވޮލީ މުބާރާތެއް އިޢުލާނުކޮށްފި

2 އަހަރު ކުރިން އުސާމަތު މޫސާއުސާމަތު މޫސާ
Dhiyo
ID Card
Liyuntherikan
އިޝްތިހާރު

ދަރަނބޫދޫގައި 2023 ވަނަ އަހަރު އަލަށް ރަޖިސްޓަރީ ކޮށްފައިވާ އޭކްސް ސްޕޯޓްސް ކްލަބް އިން ދަރަނބޫދޫގެ ކަނބަލުންނަށް ވޮލީ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މިމުބާރާތް އިއުލާން ކުރީ މިއަދު ހަވީރު ކައުންސިލް ކުރިމަތީ ވޮލީކޯޓްގައި ބޭއްވި ރަސްމިއްޔާތުގައެވެ. ”ދިޔޯ ކަޕް“ ނަމުގައި  މާރޗް 1 ވަނަ ދުވަހު ފަށާ މިމުބާރާތް އިފްތިތާޙް ކޮށްދެއްވީ ނިލަންދޫ ދާއިރާ ޕީޕީއެމް / ޕީއެންސީ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓް ފާތިމަތު ސައުދާ އެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

އޭކްސް ސްޕޯޓްސް ކުލަބުގެ ރައީސް މުޢައްދު މުހައްމަދު މިއަދު ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ މިމުބާރާތަކީ ދަރަނބޫދޫގެ ކަނބަލުންނަށް ވޮލީގެ ހުނަރު އިތުރު ކުރުމާއި، އެކުވެރިކަން އާލާކުރުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެއް ކަމަށާއި، އުއްމީދަކީ ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު މުބާރާތްތައް ހުރިހާ ފަރާތްތަކަށްވެސް ބޭއްވުމެވެ.

މިމުބާރާތް އިފްތިތާޙް ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވަނީ އެކުވެރިކަމުގެ ވޮލީ މެޗެއްވެސް ކުޅެފައެވެ. މިމެޗްގައި ބައްދަލުކުރީ ދަރަނބޫދޫގައި ވޮލީގައި އެންމެ ވަރުގަދަ އަދި ފާހަގަ ކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ބީސީ ސްޕޯޓްސް އާއި އެޑް ޖަމިއްޔާއެވެ. މިމެޗް 2 ސެޓް 1 ސެޓުން ކާމިޔާބުކުރީ އެޑް ޖަމިއްޔާއެވެ.

އޭކްސް ސްޕޯޓްސް ކްލަބް ރަޖިސްޓަރީ ކޮށްފައިވަނީ 2023 ސެޕްޓެމްބަރ 28 ގައެވެ. އޭކްސް އަކީ ރަޖިސްޓަރީވުމުގެ ކުރީގައިވެސް ކުޅިވަރުގައި ފާހަގަ ކޮށްލެވޭ ކުލަބެކެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)