ކުޅިވަރު

ދަރަނބޫދޫގަ ހުނަރުވެރި ކުދިން އެބަތިބި: އަލިކާ އެކަޑެމީ ކޯޗު

2 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
Lika
Liyuntherikan
ID Card
އިޝްތިހާރު

ޚައިރު ފައުންޑޭޝަނުން އެޗްވައިއެސްސީ އާ ގުޅިގެން ދަރަނބޫދޫގައި ކުރިއަށް ގެންދާ ފުޓްބޯޅަ އެކަޑެމީގައި ހުނަރުވެރި ކުދިންތަކެއް އެބަތިބިކަމަށް އަލިކާ ސްޕޯޓްސް އެކަޑެމީގެ ކޯޗު ވިދާޅުވެއްޖެއެވެ.

ވ.އަތޮޅު ކެޔޮދޫ އަލިކާ ސްޕޯޓްސް އެކަޑެމީއާއި އެޗްވައިއެސްސީ ދަރަނބޫދޫ އެކަޑެމީ އެކުގައި މިމަހު 23 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ފުޓްބޯޅަ ޓްރެއިނިންގ ކޭމްޕް ނިންމާލުމަށް ކުޅެވުނު މެޗަށްފަހު ދަނިއުސްއާ ވާހަކަ ދައްކަމުން ކޯޗު ވިދާޅުވީ، ދަރަނބޫދޫއިން ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިފައިވާކަމަށާއި، ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް އެކުޅުންތެރިންނަށް ރަނގަޅަށް އިރުޝާދު ދެވޭނެ ކޯޗެއް ވަރަށް މުހިންމުކަމަށެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

އަލިކާ ސްޕޯޓްސްގެ މަޤްޞަދަކީ ކުދިން ބިނާކުރުމާއި، ކުދިންނަށް ގިނަ ފުރުސަތުތަކެއް ހޯދައި ދިނުން ކަމުގައި ކޯޗު ފާހަގަކުރެއްވިއެވެ. ކޯޗު އިތުރަށް ވިދާޅުވީ މިފަދަ އެކަޑެމީތަކުގެ އެހީގައި ރާއްޖޭގައި ފަނޑުވަމުންދާ ”ބޮޑު ފުޓުބޯޅަ“ އަށް އިންޤިލާބީ ބަދަލެއް ގެނެވޭނެކަމަށާއި އުއްމީދަކީ ދަރަނބޫދޫގައި ޤާއިމްކުރެވިފައިވާ އެކަޑެމީއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުން ކަމަށެވެ.

ކޯޗު އިތުރަށް ވިދާޅުވީ އަލިކާ ސްޕޯޓްސް އެކަޑެމީން ދަރަނބޫދޫގައި ކުރިއަށް ގެންދިޔަ ކޭމްޕުގެ ކަންކަން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށްކަމަށާއި، އެކަމަށްޓަކައި ޚައިރު ފައުންޑޭޝަނަށް ޝުކުރު އަދާކުރާކަމަށެވެ.

ޚައިރު ފައުންޑޭޝަނުން އިސްވެ ކުރިއަށް ގެންދިޔަ މި ކޭމްޕް ނިންމާލުމުގެ ގޮތުން ރަސްމިއްޔާތެއް މިރޭ ދާރުލް ޢުލޫމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)